އެސްޓަރސް އިން ރާއްޖޭގެ ބާޒާރަށް 100 އިންޗީގެ ޓީވީ ނެރެފި އެވެ.
ރާއްޖޭގެ ބާޒާރަށް މިހާތަނަށް ގެނައި ޓީވީގެ އެންމެ ބޮޑު ސައިޒުގެ ގޮތުގައި ޓީސީއެލް ބްރޭންޑުގެ 100 އިންޗީގެ މި ޓީވީ ހިނެނޭ އިރު، ޓީސީއެލްގެ ޕީ715 ކިއުޔޫއެޗްޑީ މޮޑެލްގެ މި ސްމާޓް ޓީވީއާއެކު، ޓީވީ ބެލުމުގެ ތަޖުރިބާ މުޅިން އާ ހަރުފަތަކަށް އަންނާނެ ކަަމަށް އެސްޓަރސް އިން ބުނެއެވެ.
މި ޓީވީގައި 4ކޭ އެޗްޑީއާރު 10 ޕްލަސް، ކްލިއަރ މޯޝަން ރޭޓް ޓެކްނޮލޮޖީ އަދި ޑޮލްބީ ވިޝަން ހިމެނެއެވެ. އަދި ހަލުވި ސްޕީޑުގެ މަންޒަރުތައް "މޯޝަން ޓްރެއިލް" އާ ނުލައި ބަލައިލެވެއެވެ.
އަށްމިލިއަން ޕިކްސެލް އާއެކު އެންމެ ރަނގަޅު ކޮލެޓީގެ މަންޒަރާއެކު އެންމެ އަސްލާ އެއްގޮތްކޮށް މި ޓީވީއިން ދައްކުވައިދެނީ ޑޮލްބީ އެޓްމޯސް ޓެކްނޮލިޖީއިން ކަމަށް އެސްޓަރސް އިން ބުނެއެވެ.
އެންޑްރޮއިޑް ޓެކްނޮލޮޖީއާއެކު ޔޫޓިއުބް، ނެޓްފްލިކްސް އަދި ގޫގްލް ޕްލޭސްޓޯރ ފަދަ އެޕްލިކޭޝަންތައްވެސް މި ޓީވީ އިން ބޭނުންކޮށްލެވޭނެ އެވެ. އަދި ކްރޯމްކާސްޓް ފީޗަރއާއެކު އެހެން ސްމާޓް ޑިވައިސްތަކުގައި ހުންނަ ފޮޓޯ އާއި ވީޑިއޯ ބަލައި، ލަވަތައް ޓީވީއިން ޖަހާލެވޭނެ އެވެ.
އެސްޓަރސްއިން ވިއްކާ ޓީވީތަކުން ބޮޑެތި ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މިހާރު ފަށާފައިވާ އިރު، 32 އިންޗީގެ ޓީވީ އެންމެ 1،499 ރުފިޔާއަށް ލިބެއެވެ. އަދި 65 އިންޗީގެ ޓީވީއެއް 9،999 ރުފިޔާއަށް ލިބެއެވެ.
އެސްޓަރސްގެ މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ވެބްސައިޓުން ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް