ޖަރުމަން ބުންޑެސްލީގާގެ ކުޅުން މިރޭ ފަށަނީ

ޖަރުމަން ބުންޑެސްލީގާގެ އައު ސީޒަންގެ ކުޅުން މިރޭ ފަށާނެއެވެ. ޖަރުމަން ލީގުގެ ކުޅުން މިރޭ ފަށާއިރު، ލީގު ފެށިގެން ދާނީ އެންމެ ފަހުގެ ޔޫރަޕާއި ޖަރުމަންގެ ޗެމްޕިއަން ބަޔާން މިޔުނިކް  އަދި ޝާލްކޭ ބައްދަލ...

18 Sep 2020 | 09:30

ޖަރުމަން ބުންޑެސްލީގާގެ އައު ސީޒަންގެ ކުޅުން މިރޭ ފަށާނެއެވެ.

ޖަރުމަން ލީގުގެ ކުޅުން މިރޭ ފަށާއިރު، ލީގު ފެށިގެން ދާނީ އެންމެ ފަހުގެ ޔޫރަޕާއި ޖަރުމަންގެ ޗެމްޕިއަން ބަޔާން މިޔުނިކް  އަދި ޝާލްކޭ ބައްދަލު ކުރާ މެޗުންނެވެ.

ޖަރުމަން ލީގުގެ އާސީޒަނުގެ ކުޅުން ބަޔާން މިޔުނިކް އަދި ޝާލްކޭ ބައްދަލު ކުރާ މެޗުން ފެށިގެން ދާއިރު، މި މެޗުގެ ކުޅުން ފެށޭނީ މިރޭ ރާއްޖޭ ގަޑިން 11:30 ގައެވެ. މި ލީގުގެ އިތުރު މެޗެއް މިރޭ ނުކުޅޭނެއެވެ.

ޖަރުމަން ލީގުގެ ކުޅުން މިރޭ ފެށިގެން ދާއިރު، ޔޫރަޕުގެ އެހެނިހެން ބައެއް ލީގުތަކުގެ ކުޅުން މިހާރުވެސް ފެށިގެން ކުރިޔަށް އެބަދެއެވެ. އެގޮތުން ސްޕެނިޝް ލަލީގާ، އިންގްލިޝް މިރިމިއާ ލީގު އަދި ޕޯޗުގަލް ލީގު އަދި ފްރެންޗް ލީގު ފަދަ ލީގުތައް ހިމެނެއެވެ.

އެހެން ނަމަވެސް އިޓާލިއަން ސެރިއޭ ގެ ކުޅުން އަދި ނުފެށެއެވެ. އިޓަލިއަން ސެރިއޭ ލީގުގެ މެޗުތަށް ފެށުމަށް ހަމަޖެހިފައިވަނީ  މާދަމާރޭގައެވެ. އެގޮތުން އެ ލީގުގެ ކުޅުން ފެށިގެން ދާނީ ފިއޮރެންޓީނާ އަދި ޓޮރީނޯ ބައްދަލުކުރާ މެޗުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް