ތިއާގޯ ލިވަޕޫލަށް ބަދަލުވުމަށް އެއްބަސްވެއްޖެ

ޖަރުމަނުގެ ބަޔާން މިޔުނިކްއަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑާ ތިއާގޯ އަލްކަންޓަރާ އެކްލަބު ދޫކޮށް ލިވަޕޫލްއާއި ގުޅެއް އެއްބަސް ވެއްޖެކަމަށް ރިޕޯޓުތަށް ބުނެފިއެވެ. ރިޕޯޓްތައް ބުނާގޮތުން ތިއާގޯ ލ...

18 Sep 2020 | 09:08

ޖަރުމަނުގެ ބަޔާން މިޔުނިކްއަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑާ ތިއާގޯ އަލްކަންޓަރާ އެކްލަބު ދޫކޮށް ލިވަޕޫލްއާއި ގުޅެއް އެއްބަސް ވެއްޖެކަމަށް ރިޕޯޓުތަށް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ތިއާގޯ ލިވަޕޫލައަށް ބަދަލުވަނީ 25 މިލިއަން ޕައުންޑުގެ އަގަކަށް ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މިހާރު އުމުރުން 29 އަހަރުގެ ތިއާގޯ ބަޔާނާއެކު ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަނުގެ ނިޔަަލަށް ހަމަވާއިރު، އޭނާ ވަނީ ކުލަބު ބަދަލުކުރަން ބޭނުންވާކަން ކުލަބަށް އަންގާފައެވެ. އެގޮތުން ބަޔާނުން ތިއާގޯގެ އެއްބަސްވުން އާކުރަން ގިނަ މަސައްކަތްތަކެއްކުރި ނަމަވެސް އޭނާ އެކަމަށް އެއްބަސް ވެފައެއް ނުވެއެވެ.

2013 ވަނަ އަހަރު ބަޔާންއާއި ގުޅުނު ތިއާގޯ މިދިޔަ ސީޒަންގައި ބަޔާން މިއުނިކަށް ތިން ތަށި ހޯދައި ދިނުމުގައިވެސް އިސްރޯލެއް އަދާކޮށްފައިވެއެވެ. އެގޮތުން ބަޔާންގައި މިހާތަނަށް ހޭދަކުރި ހަތް ސީޒަނުގައި ތިއާގޯ ވަނީ 235 މެޗު ކުޅެދީ 31 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ބަޔާނާއެކު ޖަރުމަން ލީގު ހަތް ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

ތިއާގޯ ހޯދުމަށް ލިވަޕޫލްގެ އިތުރުން މެންޗެސްޓާރ ޔުނައިޓެޑުންވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތަށް ބުނެއެވެ. ތިއާގޯ ހޯދުމަށް ލިވަޕޫލުން މަސައްކަތް ކުރަމުން އަންނައިރު، އޭނާގެ އިތުރުން  ލިވަޕޫލުން މިހާތަނަށް މި ޓްރާންސްފާ ބާޒާރުގައި އެޓީމަށް ގެނައި ހަމައެކަނި ކުޅުންތެރިއަކީ އޮލިމްޕިއާކޯސްގެ ޑިފެންޑަރު ކޮސްޓަސް ޓިމިސްކަސްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް