| ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރުވަނަ ބައި | ފަސްވަނަ ބައި |
ހަމަޖެހިގެން އޮންނަން ކިތަންމެ މަސަތްކަތެއްކުރިޔަސް ސަލާމްގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ.
މިހާރު ތާޜާއާއި މާކިން އެކުގައި އުޅޭނެ ގޮތް ހިތަށް އެރުމުން ސަލާމްއަށް ލޯމަރާލެވުނެވެ.
ކުއްލިއަކަށް ހިތަށް އައި އެއްޗަކުން ސަލާމް ފުންމައިގެން އެދުން ތެދުވެގެން ހިނގައިގަތެވެ.
ގޭދޮރުން ނިކުމެ ތަމަން އަށް ނުފެންނާނެހެން ގޭގޭ އަނެއްފަރާތައްދާން ސަލާމް ހިނގައިގަތެވެ.
ގޯއްޗަކީ ބޮޑު ގޯއްޗެއްކަމުން ގޭގެ ބިއްދޮއްފަރާތް އޮތީ ވަރަށް ބޮޑަށް ހުހަށެވެ.
ސަލާމް މަޑުފިޔަވަޅު ތަކެއްގައި ހިނގަމުން ގޮސް ފޯންގެ ބައްތިދިއްލާލިއެވެ. ކިތަންމެ ގަސްތައް ބޯކަމުގައިވިޔަސް ތާރާ އޮންނަނީ ކޮންމެ ދުވަހަކު ވަރަށް ރީއްޗަށް ކުނިކަހާ ސާފުކޮއްލާފައެވެ.
ދެގެ ވަކިކުރަން ރާނާފައިވާ ފާރުކައިރީގައި ސަލާމް މަޑުކޮއްލިއިރު އެންމެން ހީހީފައި ވާހަކަ ދައްކާ އަޑުއިވެއެވެ.
ބާބަކިއު ހަދަން އަލިފާން ރޯކޮއްފައިވާތީ މުޅިތަނުގައި ދުމުގެ އަސަރު ހުއްޓެވެ.
ދިއްލާފައިވާ ފޯންގެ ލައިޓް ނިއްވާލުމައްފަހު ސަލާމް ފޯނު ޖީބަށްލިއެވެ.
މަޑުމަޑުން އައިސް ފާރުކަރިރީ މަޑުކޮއްލާ ކުޑަކޮށް ބޯދިއްކޮއްލިއެވެ.
މާ އުސްކޮއް ރާނާފައިވާ ފާރެއް ނޫން ކަމުން ސަލާމް އެއްޗަކަށް ނާރާވެސް ގޯތިތެރެ ރީތިކޮށްފެނެއެވެ.
އަލިފާންގަނޑު ރަގަޅަށް ރޯވުމުން ޔަޒާން އާއި މާކިން ޖޯލީގައި އިށީން އިރުވެސް ތާރާ އަލިފާން ގަނޑު ކައިރީ ހުއްޓިލައިގެން ހުރީއެވެ.
ގަދަ އޮރެންޖް ކުލައިން މާމައްޗަށް ހުރި އަލިފާންގަނޑު ކައިރީ ތާރާ ހުރިއިރު އެމޫނުގެ ރީތިކަން އިތުރަށްދައްކައެވެ.
މާކިން އޮތީ ތާރާގެ ކޮންމެ ހަރާކާތަކައްވެސް އެސްފިޔަ ޖަހާލަންވެސް ހަދާންނެތި ބަލާށެވެ. އެއީ ފާރުގެ އަނެއްފަރާތުގައި ހުރި ސަލާމްގެވެސް ހާލެވެ.
އެތާ ހުއްޓުނީންސުރެ ސަލާމްއަށް އިތުރު ދިމާލަކައް ނުބެލެއެވެ. މާކިންއާއި އެކު ހުރިކަންވެސް އެވަގުތު އޭނަ ހަދާން ނެތްކަހަލައެވެ.
ތާރާގެ ޖާދޫގައި ޖެހި މާކިން ޖޯލިން ތެދުވެގެން އައިސް ތާރާގެ އަތުގައި ހިފާލިއެވެ. އެއާއެކު ރީތި ހުވަފެނެއްބަލަން ހުރި ސަލާމްގެ މޫނުމަތި މިލާލިއެވެ.
މާކިން ގޮސް އެތާ ހުއްޓުން އިރުވެސް ތާރާގެ މޫނުން ނަޒަރު ވަކިކޮއްލެވޭގޮތެއް ނުވެއެވެ.
މާކިން ގެ ދެއަތުން ތާރާގެ މޫނުގައި ހިފަހައްޓާލަމުން މޫނުމައްޗައް ވެއްޓިފައި އިން އިސްތަށިކޮޅު ކަންފަތް ދޮށައް ލައްވާލާދިނެވެ.އަދި ކަރު ހިއްކައި ގަނެފައިވާ މީހަކު ފަދައިން ތާރާގެ މޫނާއި މާކިންގެ މޫނު ކައިރިކޮއްލިއެވެ.
ސަލާމްގެ ރުޅި މިފަހަރު ކަރުނަޔަށް ބަދަލްވެގެން އައި އިރު އެމޫނުމަތިން ގޮތް ހުސްވެފައިވާމީހެއްފަދައެވެ.
ތާޜާއާއި މާކިންގެ ގުޅުން އެހިސާބަށްދިޔަކަން ކުރިން ނޭގުނީ ކީއްވެހެއްޔެވެ.
ކޮންމެ ހާލެއްގައިވެސް އަހަރެން އެދެމީހުން ދުރުކުރާނަން ".. ތާރާއަކީ ހަމައެކަނި އަހަރެންގެ ހައްގެއް"..
އިތުރަށް އެދެމީހުންގެ ސަކަރާތް ބަލާނެހާ ހިތްވަރު ނެތުމުން ހިތުތެރޭގައި ނުބައި ރޭވުންތައް ޜާވަމުން ސަލާމް ކުރިއަށް ހިނގައިގަތީ ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެވެ.
ހުރިހާ އެއްޗެއް ފިހެވި ނިމުމުން އެންމެން އެކުގައި ކާންފަށަމުން ތާރާ މިރޭ ތަމަން ދެއްކިވާހަކަ ހަދާންވުމުން ދުރުދުރުން ޔަޒާންއާ އެމައުޞޫއަށް ވާހަކަ ފެށިއެވެ.
ތާރާއަށް ހައިރާން ކަމެއްލިބުނީ މިހާދުވަހު ޔަޒާން ހިތުގައި ފޮރުވައިގެން ބުނަންނުކެރި އުޅުނީ އައިޒާކަން އެގުމުންނެވެ.
ދެމީހުން އެކަކު އަނެކަކުދެކެ އެވަރަށް ލޯބިވާއިރު ހާމަކުރަން ނުކެރި ތިބީއެވެ.ޔަޒާންގެ ހިތް އެގުމުން ތާރާ ތަމަން ކިޔައިދިން ވާހަކަތައް ޔަޒާން އަށް ކިޔައިދިނެވެ.
ޔަޒާންވެސް އަނގައިން ބުނަން ނޭގި އިނީ އައިޒާ އެވަރަށް އޭނަދެކެ ލޯބިވާކަން އެގުމުންނެވެ. މިހާރުންސުރެ އެހިތް އެދެމުން ދިޔައީ އައިޒާއާއި ބައްދަލު ކުރުމަށެވެ
**
ދެދުވަސް ފާއިތު ވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ލޯބިވާ ކޮއްކޮއާއި ވަކިވާވަގުތު ގާތްވާވަރަކަށް ތާރާގެ ކެތްތެރިކަން ކޮޅުން ލަނީއެވެ.
އެހެން ދުވަސް ދުވަހާ ހިލާފަށް މިއަދު އެއްވެސް ކަމެއް ކުރާހިތްނުވެ ގަބުކައިފައި އިނދެވުނީ ކިހާއިރަކު ކަމެއްވެސް ތާރާއަށް ނޭގެއެވެ.
އެދެލޮލަށް ކަރުނަތައް ބޮނޑިވެފައިވާއިރު ހީވަނީ ދެންމެ ދެންމެ އޭގެ މަގާމު ދޫކޮށް ފައިބައިގަންނަން ތައްޔާރުވާހެންނެވެ.
ތާރާގެ ހަރަކާތްތައް ބަލަން ހުރި ތަމަންއަށް މާގިނައިރު އެގޮތުގައި ބަލާކަށް ކެތެއްނުވިއެވެ.
ތަމަން އައިސް ތާރާގެ ގައިގާ ބައްދާލުމުން އެއޮއްހުރިހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް އެއްވެސް ހުރަހެން ނެތި ތަމަންގެ ކޮނޑުމަތިން ހެދުން ތެއްމަމުން ދިޔައެވެ.
ތާރާ އާއި ތަމަންގެ ގިސްލުމުގެ އަޑު މުޅި ކޮޓަރިތެރެއަށް ފެތުރިގެން ދިޔައެވެ. އެގޮތުގައި ދެބެން ރޯން ތިބެވުނީ ކިހާއިރަކު ކަމެއްވެސް ނޭގުނެވެ.
ތަމަން ތާރާ ގަޔާ ދުރުކޮއްލަމުން ދެން ނުރޯށޭ ބުނެ ތާރާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަ ދިނެވެ.
"އަހަރެން އެންމެ މިނެޓްއެއްވެސް އަހަރެންގެ ދޮންތަމަތިން ހަދާން ނައްތާނުލާންނަން " އަހަރެންނައް ފަހުފަހަރަށް ދޮންތަ އަތުން ކާއެއްޗެއް ނުދީ ފޮނުވާލަންތަ ތިއުޅެނީ"
ތާރާ ދެރަވެފަ ހުރިވަރު ފެނުމުން ތަމަން ހިތްވަރުކޮއްފައި ތާރާ ހަމަޔަކަށް އަޅުވަން ސަމާސާ ގޮތަކަށް ބުނެލިއެވެ. "ދެން ހިނގާބަ ވަރައް ބަނޑުހައި" ތަމަން ބަނޑުގައި އަތް ހާކާލަމުން އެހެން ބުނުމުން ތާރާ ކަރުނަ ފޮހެލާފައި ތަމަންއާއިއެކު ހިނގައިގަތެވެ..
ތަމަންއާއި އެކު ކާން އިންއިރުވެސް ތާރާއަށް ކާއެތިކޮޅެއް ކެވޭ ގޮތެއްނުވިއެވެ.
ތަމަން ފުރާ ވަގުތު ގާތްވަމުން އައިވަރަކަށް އެ ހިތަށް ބުނެދޭންނޭގޭ ކަހަލަ އުދަގޫތަކެއްވަނީއެވެ. ހިތްވަރު ކޮއްފައި ކަރުނަ ފޮހެލަނީ ތަމަންއަށް ވިސްނާފައެވެ.
ތާރާގެ ހަރަކާތްތަކަށް ބަލަން އިން ތަމަން އަށް އެތާ ގިނައިރު ކެތްކުރެވޭ ގޮތެއްނުވިއެވެ. އަވަސް އަވަސް ކޮއްލައިގެން އެތަނުން ނިކުތީ ހިތަށް ކެއްނުވުމުންނެވެ. .
"ބައްޕާ،... ވަރައް ދެރަވޭ ބައްޕައާއި ދޮންތަ ދޫކޮއްލާފަ ދާން"..ރަގަޅަށް ކައިގެން އުޅޭތި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ބައްޕަ ރަގަޅުވާނެ"..ތަމަން ރޮމުން ނިޔާޒްގައިގައި ބައްދަމުން ވާހަކަދެއްކި އިރު ނިޔާޒްވެސް އޮތީ ވަރަށް އަސަރު ކޮށްފައެވެ.
ތަމަން އާއި ނުލާ ތާރާ އެކަނި ވާނެވަރުވެސް ނިޔާޒްއަށް މިއަދު މާބޮޑަށް ވިސްނި އެކަމާ ދެރަވަނީއެވެ.
ދަރިފުޅާ ހިތްވަރުކުރާތި "ބަސްއަހައިން އުޅޭތި"ދަރިފުޅު ބައްޕައާ ދުރަށް މިފޮނުވަނީ ވަރަށްބޮޑު އުންމީދަކާއިގެން އެކަން ދަރިފުޅު ހަދާން ނައްތާނުލާތި" ބައްޕަމެން ދެރަވާކަހަލަ އެއްވެސްކަމެއް ދަރިފުޅު ނުކުރާނެކަން ބައްޕައަށް އެނގޭ"ބޭބެމެން ބުނާގޮތް ހަދައިގެން އުޅޭތި".... ފަހުފަހަރަށްވެސް ނިޔާޒް ބައްޕައެއްގެ ވާޖިބު އަދާކޮށް ތަމަންއަށް ވިސްނައިދިނެވެ.
މިއަދު އޭނަގެ އެންމެ ކުޑަދަރިފުޅު އެތައްހާސް މޭލެއް ދުރަށް އެފޮނުވަނީ ހިތަށް ކެއްވާތީއެއްނޫނެވެ.
ގޭތެރެއިން މީހެއްގެ ހިލަން ވެގެން ދެބަފައިންނައް އެއްފަހަރާ އެދިމާއަށް ބަލާލެވުނެވެ. .އޭރު ކުޑަ ދަބަހެއް ކޮނޑުގައި އަޅުވާލައިގެން ނާޒިމް އެމީހުން ގާތަށް އަންނަނީއެވެ.
"އާޝާ ތައްޔާރުވެއްޖެތަ".. ނާޒިމް އެމީހުން ގާތަށް އަންނަމުން ބުނެލިއެވެ . އޭރު ތާރާވެސް ބަދިގެއިން ނިކުމެގެން އައިސް އެތާ ހުއްޓެނީއެވެ..
ތަމަން ބައްޕަގައިގައި ފަހުފަރައް ބައްދާލުމުން ނިޔާޒް ހިތްވަރު ކުރުމަށް ބުނެ ތަމަންގެ ކަރުނަ ފޮހެލަދިނެވެ. .
ނާޒިމް ނިޔާޒްއާއި ސަލާމްކޮއްލުމައްފަހު ތަމަންގެ ފޮށި ހިފައިގެން ގެއިން ނިކުތުމުން ތަމަންއާއި ތާރާ ފަހަތުން ނިކުތެވެ.
ގޭދޮރުމަތީ ހުއްޓިގެން ހުރި އައިޒާ އާއި ޝަބާވެސް އެމީހުންގެ ފަހަތުން ހިނގައިގަތެވެ.
ބަދަރާ ހިސާބައް ދެވެންދެންވެސް އައިޒާ އާއި ތަމަން ހުއްޓުމެއްނެތި ވާހަކަ ދައްކަމުންދިއައެވެ. ތަމަން އެންމެ އުފާވީ ފުރުމުގެ ކުރިން އޭނަގެ އެންމެގާތް އެކުވެރިޔާއަށް އޭނަގެ ލޯބި ހޯދައިދެވުނީމައެވެ.
އަހަރެން ވަރަށް ވަރަށް މިސްވާނެ..އެކޮޅަށްގޮސް ރައްޓެހިން ލިބެން ފެށިޔަސް އަހަރެން މަތިން ހަދާންނައްތާ ނުލާތި...ދެން އަހަރެންނާއެއްކޮށް މޫދަށްދާނެމީހެއްވެސް ނުހުންނާނެ.... އައިޒާ ދެރަވެލާފައި ބުނެލިއެވެ.
ކިތަންމެ ބައިވަރު ފްރެންޑްސް ލިބުނަސް ތީ އަހަރެންގެ ބެސްޓް ހަމަ.. އަހަރެން ދުވަހަކުވެސް ހަދާން ނައްތައެއްނުލާނަން ..އަހަރެން ކިހިނެއްތަ ދެތިންއަހަރުން އަހަރެންގެ ވިހި އަހަރުގެ މާޒި ހަދާންނައްތާލާނީ...
އަހަރެން ދުވަހަކުވެސް ހަދާންނުނެތޭނެ.. ތަމަން ބުނެލިއެވެ.
މީހުންތައް ބޯޓަށް އަރަން ފެށުމާއެކު ތަމަން ތާޜާގެ ގާތަށްޖެހި ދޮންތަ ގައިގާ ބައްދާލީ އެހަށިގަނޑުން ދުވަހަކުވެސް ދޫކޮއްލަން ބޭނުންނުވާ ފަދައަކުންނެވެ. "..ދޮންތަ ކައިގެން ހަށިގަނޑައް ބަލައިން އުޅޭތީ "..އަހަރެން މަތިން ހަދާންނައްތާނުލާތި" އަހަރެން އިރާދަކުރެއްވިއްޔާ ވަރަށް އަވަހށް ދޮންތަ ކައިރިއަށް އެބުރި އަންނާނަން "."ދެން ނުރޯތީ"... އެހާ ބުރަކޮށް މަސަތްކަތް ނުކުރާތި.." ބައްޕައަށް ރަގަޅަށް ބަލާތި"..އަހަރެންގެ ހުރިހާވެސް ބަޔަކީ ތީ".. ތަމަން ހުރިހާ އެއްޗެއްކީއިރު ތާޜާގެ ލޮލުން ފަހަރަކު ކަރުނަ ތިއްކެއްލޮލާ ވަކިވެގެން ދެއެވެ.
ދޮންތަ ރޮންޏާ އަހަރެންނަކައް ނުދެވޭނެ".. ތާރާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބާތަން ބަލަން ހިތަށް ކެތްނުވުމުން ތަމަން ބުނެލިއެވެ.
އެމަންޒަރު ބަލަން ދުރުގައި ހުރި މާކިން އައިސް އެތާ މަޑުކޮށްލިއެވެ.
ތަމަން އަށް މާކިން ފެނުމުން ތާރާގެ ގައިން އަތް ދޫކޮއްލާ މާކިންގެ ގާތައްޖެހިލިއެވެ.
"ދުވަހަކުވެސް އަހަރެންގެ ދޮންތައަށް ދެރައެއްނުދޭތި" އަހަރެން އަންނަންދެން ދޮންތަ ރަނގަޅައް ބަލައިދޭތި" އަހަރެން މިއަދު އަހަރެންގެ ދޮންތަ މާކިންއާ މިހަވާލު ކުރަނީ ދޮންތައަށް އަޅާލާނެ އެކަކުވެސް މިއަދުނެތް " އަހަރެންގެ އަންނަންދެން އަހަރެންގެ ދޮންތައަށް ރައްކާތެރިވެދޭތި " އަހަރެން މާކިންއާއި ހަވާލް މިކުރަނީ އަހަރެންގެ ހިތުގެ އެއްބައި " ގިސްލަ ގިސްލާފައި ވާހަކަ ދައްކަމުން ދިޔަ ތަމަން އަށް އިތުރައް ވާހަކަދެއްކޭގޮތެއްނުވިއެވެ."
"އަބަދު ޅަކޮއްގެން ގެންގުޅޭ ތަމަންގެ އަނގައިން މިއަދު މާކިންގާތު ބުނަމުން ދިޔައީ ބޮޑެތި ވާހަކަތަކެކެވެ. އެވާހަކަ ތަކުން މާކިންގެ ލޮލުންވެސް ކަރުނަ ހިލުވާލައިފިއެވެ.
އަހަރެން ތަމީގެ ދޮންތައަށް މުޅިއުމުރައް ރައްކާތެރިވެދޭނަން 'މީ އަހަރެން ވާވައުދެއް " މާކިން އެހެން ބުނެ ތަމަންގެ ދެއަތްތިލާގައި އެއްކޮށް ހިފެހެއްޓިއެވެ.
މާކިން އެހެން ބުނުމުން ކަރުނައިގެ ތެރެއިން ހިނިތުންވެލަމުން ތަމަން ތާރާއާއިދިމާއަށް އެނބުރިލިއެވެ.
"ދޮންތާ ހިތްވަރުކުރޭ އަހަރެން އެނބުރި އަންނާނީ އަހަރެންގެ ދޮންތަ ފަޙުރުވެރިވާ ފަދަ މީހަކަށް ވެގެން "އެދުވަހަކަށް އަހަރެންގެ ދޮންތަ އަހަރެންނައް އިންތިޒާރުކުރާތި"
އާޝާ ހިނގާދާން މިހާރު އެންމެން އެއޮއް އެރީ" ތަމަންއާއި ތާރާގެ ގާތަށް ޖެހިލަމުން ނާޒިމް އެހެން ބުނެލުމުން ތާޜާ ތަމަން ގަޔާ ދުރުކޮށްލިއެވެ. .
".ދޮންތަ ދެން ނުރޯނަން އަވަހަށްދޭ ކޮއްކޯ "ހިތްވަރު ކުރާތި ބަސްއަހައިގެން އުޅޭތި " ތާޜާ އެހެން ބުނުމުން ތަމަން ހިނގައިގަތީ ހުރިހާ އެންމެންނާ ސަލާމް ކުރުމައްފަހުއެވެ.
ދުނިޔޭގެ ހަޔާތުގައި ދައްކާނީ އެކި ދުވަހު އެކި ކުލައެވެ. އެއްދުވަހު އުފަލާއި މަޖަލުގައި ހޭދަކުރުމަށްފަހު އަނެއްދުވަހު ރޯންޖެހެއެވެ.
މިފަދަ ދުވަހެއް ދުވަހަކުވެސް ތާރާގެ ހަޔާތައް އައިސްދާނެކަމަށް ހީނުވި ދުވަހެއްވެސް އައީއެވެ. އެންމެ ކުޑަދުވަހުން ފެށިގެން ދުވަހަކުވެސް ދުރަށްދާންޖެހިދާނެކަމަށް ހީނުވި އޭނަގެ އެންމެ ލޯބިވާ ކޮއްކޮއާއި ވަކިވާން ޖެހުނީއެވެ.އެންމެ ސިކުންތެއްވެސް ދުރުގައި ހުރުމައް ކެތްނުވި އެކޮއްކޮއާއި ދުރުގައި އެތައް އަހަރެއް އޭނަ ވަކިން ދިރިއުޅޭނީ ކިހިނެއްހެއްޔެވެ ..
ބޯޓް ރަށުފަޅުން ނުކިތުމުން ކޮންމެ ބައެއްވެސް އެމީހުންގެ އާއިލާ މީހުންނާއި ރައްޓެހިންނައް ވަދާއީ ސަލާމްކުރުމައްފަހު ބަދަރުމަތި ހުސްކުރަމުން ދިޔައެވެ.
ޖެހިބުދެއްހެން އެތަނުން ދުރަންދާން ނޭގި ތާރާ ހުރީ އެއްވެސް އަސަރެއް ނެތްމީހެއްފަދައިންނެވެ.
ތާރާއަށް ވެފަ ހުރިގޮތުން ޝަބާ ތާރާގެ ގާތަށްޖެހިލާ ވިސްނާދޭން އެތައް ވާހަކައެއް ދެއްކިއެވެ. ނަމަވެސް ކައިރީ މީހެއް ހުރިހެން ވެސް ހީނުވާކަހަލައެވެ.
ތާރާގެ އެހަރަކާތައް އިތުރައް މާކިންއަށް ކެތެއްނުވިއެވެ. ދެއަތުން ތާރާގެ ދެކޮނޑުގައި ހިފާ މާކިން ތަޅުވާލުމާއެކު ތާރާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ.
""އަހަރެންނައްއަހަރެންގެ ކޮއްކޮ ގެނެސްދީ އަހަރެންނައް އޭނައާއި ނުލާ ނޫޅެވޭނެ" އާދޭސް މިކުރަނި އޭނަ ގެނެސްދީ ރޮމުން ގިސްލަމުން މާކިންގެ ފައި ބުޑަށް ތާރާ ތިރިވިއެވެ..
.
ނުނިމޭ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް