ބޭންކިން ދާއިރާގެ އިސްމަގާމުތަކުގެ ދިވެހިންގެ ނިސްބަތް 80 އިންސައްތައަށް އިތުރުކުރުމަކީ އަމާޒެއް: ގަވަރުނަރު

ބޭންކިން ދާއިރާގެ މެނޭޖްމަންޓް މަގާމުތަކުގައި ދިވެހިންގެ ނިސްބަތް ފަސް އަހަރު ތެރޭ 80 އިންސައްތައަށް އިތުރުކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަމާޒެއް ކަމަށް ގަވަރުނަރު އަޙްމަދު މުނ...

18 Aug 2026 | 02:23
ގަވަރު ނަރު -- ފޮޓޯ: ރައީސް އޮފީސް

ގަވަރު ނަރު -- ފޮޓޯ: ރައީސް އޮފީސް

ބޭންކިން ދާއިރާގެ މެނޭޖްމަންޓް މަގާމުތަކުގައި ދިވެހިންގެ ނިސްބަތް ފަސް އަހަރު ތެރޭ 80 އިންސައްތައަށް އިތުރުކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަމާޒެއް ކަމަށް ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕްރިމިއާ ބޭންކް (އެމްޕީބީ) ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ، މިހާރު ބޭންކިން ދާއިރާގެ މެނޭޖްމަންޓް މަގާމުތަކުގެ ގާތްގަނޑަކަށް 40 އިންސައްތަ ފުރަމުން ދަނީ ބިދޭސީން ކަމަށެވެ.

އެ ނިސްބަތް 20 އިންސައްތައަށް ނުވަތަ އެއަށްވުރެ ދަށަށް ގެންދެވުމަކީ އެމްއެމްއޭގެ ތަޞައްވުރެއް ކަމަށް ވިދާޅުވިއެވެ.

އެ ލަނޑުދަނޑި ހާސިލުކުރުމަށް، ޚާއްޞަކޮށް ޒުވާނުން ފައިނޭންޝަލް ސެކްޓާގައި ކެރިއާ ބިނާކޮށް، ލީޑާޝިޕް މަގާމުތަކަށް ދިއުމަށް މަގުފަހިކުރެވޭނެ މާޙައުލެއް ބިނާކުރަންޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. މިކަމަށް ޤަޞްދުގައި ޕްރޮފެޝަނަލް އަދި ޓެކްނިކަލް ޤާބިލުކަމަށް އިންވެސްޓް ކުރަންޖެހޭ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ގަވަރުނަރު ވިދާޅުވީ، ފައިނޭންޝަލް ސެކްޓާގެ ޖީޑީޕީއަށް ކުރާ ހިއްސާ ދެ ގުނައަށް އިތުރުކުރުމަކީ ވެސް އެމްއެމްއޭގެ ސްޓްރެޓީޖިކް އަމާޒެއް ކަމަށެވެ. އަދި ވީހާ ވެސް ގިނަ ދިވެހިން ބޭންކިން ދާއިރާގައި އިންވެސްޓް ކުރެއްވުމަށް ގަވަރުނަރު ގޮވައިލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް