މިއަދު ކޯވިޑް-19 އަށް އިތުރު 170 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވަނީ ޕޮސިޓިވްވި މީހުންގެ ތެރެއިން 169 މީހުންނަކީ މާލެއިން ޕޮސިޓިވްވި މީހުންނެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވީ އެންމެ މީހެކެވެ.
މީގެ ތެރެއިން 139 މީހުންނަކީ ދިވެހިންނެވެ. ބިދޭސީންގެ ތެރެއިން ޕޮސިޓިވްވެފައިވަނީ ބަންގްލަދޭޝްގެ23 މީހުންނާއި އިންޑިއާ ހަތް މީހުންނާއި ސައުތްއެފްރިކާ މީހެކެވެ.
މިހާރު ބައްޔަށް ފަރުވާ ދެމުން ދަނީ 2،407 މީހުންނަށެވެ. އޭގެ ތެރެއިން 144 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 3،648 މީހުންނެވެ.
ރާއްޖެއިން ބައްޔަށް ޕޮސިޓިވްވެފައިވަނީ 6،079 މީހުންނެވެ. އޭގެ ތެރެއިން 24 މީހަކު ވަނީ މި ބަލީގައި މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް