ކޯވިޑް-19 އާއި ގުޅިގެން އެމްއެންޑީއެފުން ހަރަދުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި އެއްގޮތަށް ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.
ކޯވިޑާއި ގުޅިގެން އެކި މިނިސްޓްރީތަކުން ކުރަމުންދާ ހަރަދުތަކާއި ގުޅޭ އޮޑިޓް ހެދުމަށް އޮޑިޓާ ޖެނެރަލަށް ލަފާ ދިނީ ރައްޔިތުންގެ މަޖިލީހުންނެވެ. އހެންވެ އޮޑިޓާ ޖެނެރަލް އޮފީހުންދަނީ އެކި މިނިސްޓްރީތަކުން ކުރަމުންދާ ހަރަދުތައް ބަލައި އޮޑިޓް ކުރަމުންނެވެ.
އެމްއެންޑީއެފް އިން ހަރަދުކޮށްފައިވާ ގޮތާއި ގުޅޭގޮތުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ޒޮއި ކުރައްވާ މިއަދު ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކޯވިޑް-19 އާ ގުޅިގެން އެމްއެންޑީއެފުން ހަރަދުކުރަން ކަނޑައަޅާފައިވަނީ 17 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން މިހާތަނަށް ހަރަދުކޮށްފައިވަނީ 5.2 މިލިއަން ރުފިޔާ ކަމަށާއި ބާކީ 11.8 މިލިއަން ރުފިޔާ ހުރި ކަމަށް އެ ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓުގައި ވާގޮތުން އެމްއެންޑިއެފުން ކޯވިޑާއި ގުޅިގެން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ކަނޑުއުޅަނދު ތަކަށެވެ. އެގޮތުން އުޅަނދުތަކަށް ތެޔޮ އެޅުމަށް 3.2 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު ކަނޑު އުޅަނދުތަކުގެ މަރާމާތަށް އެއް މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާގޮތުގައި އެމްއެންޑީއެފުން ހަރަދު ކުރުމުގައި ފިނޭންސް މިނިސްޓްރީގެ އެންގުންތަކަށްވެސް ފުރިހަމައަށް އަމަލުކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް