ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައިވަނީ ކ. އއ. އދ އަދި ވ އަތޮޅު ހިމެނޭ ރަށަކުން ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހު...

18 Aug 2020 | 10:13

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައިވަނީ ކ. އއ. އދ އަދި ވ އަތޮޅު ހިމެނޭ ރަށަކުން ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެ އެވެ.

މި މައްސަލައިގަ ހައްޔަރުކޮށްފަިއވަނީ 59 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި އެ ކުއްޖާގެ ވަނަވަރާއި ރަށުގެ މައުލޫމާތު ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ އެ ތަފްސީލްތައް ހާމަ ނުކުރި ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަކީ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރާ މައްސަލަތަކެއް ކަމަށް ބުނެ އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް