އެންމެ ރަނގަޅު ގޮތަކީ މިނިސްޓަރު ކަމުން އަމީން އިސްތިއުފާ ދެއްވުން: ގާސިމް

އެންމެ ރަނގަޅު ގޮތަކީ ހެލްތު މިނިސްޓަރު ކަމުން، މިނިސްޓަރު އަބްދުﷲ އަމީން އިސްތިއުފާ ދެއްވުން ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ގާސިމް މިހެން ވިދާޅުވެފައިވަނީ "ވަން އ...

18 Aug 2020 | 10:06

އެންމެ ރަނގަޅު ގޮތަކީ ހެލްތު މިނިސްޓަރު ކަމުން، މިނިސްޓަރު އަބްދުﷲ އަމީން އިސްތިއުފާ ދެއްވުން ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވެފައިވަނީ "ވަން އޮންލައިން" އަށް ދެއްވާފައިވާ އިންޓަވިއުއެއްގައެވެ.

ގާސިމް މިހެން ވިދާޅުވެފައިވާއިރު އޮޑިޓް ރިޕޯޓްގެ މައްސަލައިގާ އަމީން ހުންނެވީ އަމިއްލަފުޅަށް މިނިސްޓަރުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ވެގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ މި މައްސަލައިގާ ވިދާޅުވެފައިވަނީ ފިޔަވަޅު އަޅުއްވާނީ އޮޑިޓް ރިޕޯޓު ދިރާސާ ކުރެއްވުމަށްފަހުގައި ކަމަށެވެ. ރައީސް އެހެން ވިދާޅުވި ފަހުން ބައެއް ފިޔަވަޅުތައްވެސް ސަރުކާރުން އަޅުއްވައިފިއެވެ.

އެއީ ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީ މެމްބަރުންނާއި ބައެއް އިސް ވެރިން ސަސްޕެންޑު ކުރުމެވެ.

ކޯވިޑުގެ ހަރަދުތަކާއި ގުޅޭ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުގައި ދުބާއީ ކުންފުނިން 75 ވެންޓިލޭޓަރު ގަތުމުގައި ބޮޑެތި ގޯސްތަކެއް ހިންގާފައިވެއެވެ. މީގެ އިތުރުންވެސް ކޯވިޑުގެ ހަރަދުތައް ކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން އެ ރިޕޯޓުން ފާހަގަވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް