މާލެއިން ހަދަމުންދާ ރިސޯޓަކަށް ގޮސް ތިބުމަށް ފަހު ރ. އަލިފުއްޓަށް އެރި ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރީ ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެޗްޕީއޭއިން އާންމުކޮށްފައިވާ ގަވައިދާ ހިލާފަށް ރަސްމީ އެއްވެސް ފަރާތެއްގެ ހުއްދަ ނެތި އެ ރަށަށް އެރުމުން ކަމަށެވެ.
އެ މީހުން ހައްޔަރު ކުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ 36 އަހަރާއި47 އަހަރުގެ ދިވެހި ދެފިރިހެނުން ކަމަށެވެ.
އެމީހުންގެ ބަންދަށް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް