މަސްވެރިކަމާ ބެހޭގޮތުން ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައެއް ނުގަތް

މަސްވެރިން ބާނާ މަސް ކިރުމަށްފަހު ދުވަހުން ދުވަހަށް ފައިސާ ނުދިނުމުން، އެ އާއިލާތައް ބިކަވަމުންދާކަމަށްބުނެ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައި ނުގަންނަ...

18 Aug 2020 | 05:00

މަސްވެރިން ބާނާ މަސް ކިރުމަށްފަހު ދުވަހުން ދުވަހަށް ފައިސާ ނުދިނުމުން، އެ އާއިލާތައް ބިކަވަމުންދާކަމަށްބުނެ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައި ނުގަންނަން ނިންމައިފިއެވެ.

މި މައްސަލަ ބަލައިގަންނަން ފެނޭތޯ މިއަދު އެހި ވޯޓުގައި މައްސަލަ ބަލައި ނުގަތުމަށް 19 މެމްބަރަކު ވޯޓު ދެއްވިއެވެ. މައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް ވޯޓު ދެއްވީ 18 މެމްބަރުންނެވެ.

މި މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާއިރު، މި މައްސަލައިގެ ބަހުސް ބަލައިލުމަށް މަސްވެރިންނަށް ޖާބިރު ވަނީ މަޖިލީހުގެ ޗެމްބަރަށް ވަދެލުމަށް ދައުވަތު އަރުވާފައެވެ. އެ ދައުވަތު ޖާބިރު އެރުވީ މަސްމާރުކޭޓު ސަރަހައްދަށް ވަޑައިގެން މަސްވެރިންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްވެރިންނާ ބެހޭ މި މައްސަލަ މަޖިލީހަށް ބަލައިނުގަންނަން ނިންމާފައިވާއިރު މީގެ ކުރިންވެސް މަސްވެރިންނާ ގުޅޭ މައްސަލައެއް ޖާބިރު މަސްވެރިންނަށް ހުށަހެޅުއްވިއެވެ.

އެފަހަރު މައްސަލަ ހުސަހެޅުއްވީ ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ނުރައްކާތެރި މިޔަރުތަކުގެ ސަބަބުން މަސްވެރިންނަށް ގެއްލުންވާތީއެވެ. އެ މައްސަލަވެސް މަޖިލީހަށް ބަލައިގެންފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް