ޣައްޒާގައި ދިވެހި ރަހަތަކާއެކު ދިވެހިވަންތަ ރެސްޓޯރެންޓެއް !

ފަލަސްތީނުގެ ޢައްޒާގައި ދިވެހި ރަހަތަކާއެކު ދިވެހިވަންތަ ރެސްޓޯރެންޓެއް ހުޅުވާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. މި ރިޕޯޓާ ގުޅޭ ވީޑިއޯއެއްވެސް ދައުރުވަމުން އަންނައިރު، އެ ވީޑީއޯއިން ފެންނަނީ ތ...

18 Aug 2020 | 04:02

ފަލަސްތީނުގެ ޢައްޒާގައި ދިވެހި ރަހަތަކާއެކު ދިވެހިވަންތަ ރެސްޓޯރެންޓެއް ހުޅުވާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި ރިޕޯޓާ ގުޅޭ ވީޑިއޯއެއްވެސް ދައުރުވަމުން އަންނައިރު، އެ ވީޑީއޯއިން ފެންނަނީ ތިން ފަންގިފިލާއަށް، މޫދު ކައިރީގައި ހަދާފައި ހުރި ރެސްޓޯރެންޓެއްގައި ކާރުބާރު ބޮޑުކޮށް، ކެއުންތަކަށް މީހުން އިންސާފުކުރާ މަންޒަރެވެ.

ވީޑިއޯގައި ކެއުންތަކަކަށް އިންސާފުކުރަން ތިބި ޣައްޒާގެ ކަނބަލުންތަކެއް ބުނެފައިވަނީ މި ތިބެވެނީ ރާއްޖޭގައި ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.

"މިތަން، މި މާހައުލު، މި މޫދު، ބުއިންތައް، ކުރުކޮށް ބުނާނަމަ ހުރިހާ ކަމެއް، ރާއްޖެއަކީ ހަމަ މިތަން ފަދަ ތަނެއް" ވީޑިއޯއިން ފެންނަ އަންހެނަކު ބުނެފައިވެއެވެ.

އެ އަންހެން މީހާ އިތުރަށް ބުނެފައިވަނީ އެ  ރެސްޓޯރެންޓްގެ  ޑިޒައިންތަކުގައިވެސް ބޭނުންކޮށްފައިވަނީ ދިވެހިރާއްޖޭގެ ރުފިޔާގައި ހުންނަ ކުރެހުންތައް ކަމަށެވެ.

"މޯލްޑިވް ގާޒާ" ގެ ނަމުން ނަން ދީފައިވާ މި ރެސްޓޯރެންޓަކީ ޣައްޒާއަށް އުފަން، އުމުރުން 42 އަހަރުގެ އިމާދް އަލް ބިލާ ނަމަކަށްކިޔާ އިންޖިނޭރަކު، އޭނާގެ އިތުރު ބައިވެރިންތަކަކާއެކު ހުޅުވާފައިވާ ރެސްޓޯރެންޓެއް ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް