ބ. ތުޅާދޫގައި ހޯމް ކަރަންޓީނުގައި ހުއްޓާ މިއަދު ނިޔާވި މީހާ ކޯވިޑް-19 އަށް ޕޮޒިޓިވް ކަން ހާމަކޮށްފިއެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ޓެސްޓް ކުރި އިރު ނަތީޖާ ޕޮޒިޓިވް ވެފައިވާކަމަށާއި އިތުރު ތަފްސީލް މިރޭގެ ޕްރެސް ކޮންފަރެންސްގައި ހާމަކުރާނެ ކަމަށެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު ނިޔާވެފައިވަނީ އުމުރުން 59 އަހަރުގެ ފިރިހެނެކެވެ. މި މީހާގެ ޓެސްޓްގެ ނަތީޖާ ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ކޯވިޑް ޖެހިގެން ނިޔާވާ މީހުން ވަޅުލާ ގޮތަށް ވަޅުލުމުގެ އިންތިޒާމްތައް މިހާރު އަންނަނީ ހަމަޖައްސަމުންނެވެ.
ނިޔާވި މި މީހާ ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު މިއީ ރާއްޖެއިން ކޯވިޑްގައި ނިޔާވި 16 ވަނަ މީހާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް