ކޯވިޑް-19: ދެކުނު ކޮރެއާއިން ރާއްޖެއަށް 150 ޓެސްޓް ކިޓް ހަދިޔާކޮށްފި

ކޮވިޑް-19 އާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ދެކުނު ކޮރެއާ ސަރުކާރުން ދިވެހިރާއްޖެއަށް 150 ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ. ފޮރިން މިނިސްޓްރީން މައުލޫމާތުދެއްވ...

18 Jul 2020 | 15:45

ކޮވިޑް-19 އާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ދެކުނު ކޮރެއާ ސަރުކާރުން ދިވެހިރާއްޖެއަށް 150 ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތުދެއްވާގޮތުގައި ކޮވިޑް-19 އާ ދެކޮޅަށް ދިވެހި ސަރުކާރުން މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި ދެކުނު ކޮރެއާއިން ފޯރުކޮށްދިން ދީލަތި މި އެހީތެރިކަމަށްޓަކައި ދެކުނު ކޮރެއާގެ ސަރުކާރާއި، ރައީސް މޫން ޖެއިއިން އާއި ޚާރިޖީ ވަޒީރު ކަންގް ކުޔުންގްވާ އަށް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.

150 ޓެސްޓް ކިޓް ބޭނުންކޮށްގެން 15،000 (ފަނަރަ ހާސް) ކޮވިޑް-19 ޓެސްޓް ހެދޭނެއެވެ. މިއީ ކޮވިޑް-19 ކޮންޓްރޯލްކޮށް، އިތުރަށް ފެތުރުނަ ނުދިނުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއް ކަމުގައި ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ދިވެހިރާއްޖެއާއި ދެކުނު ކޮރެއާ އާއި ދެމެދު ގާތް ގުޅުމެއް އުފެދިފައިވާއިރު، ކުރިއަށް އޮތްތަނުގައި މިގުޅުން އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުން ކަމުގައިވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް