މާތްވެގެންވާ ހައްޖުގެ އަޅުކަމުގެ ދުވަސްވަރާއި ދިމާކޮށް ސައުދީ އަރަބިއްޔާގެ މާތްވެގެންވާ ބައެއް ސަރަހައްދުތަކަށް ހުއްދަ ނެތި ވަނުން މަނާކޮށްފި އެވެ.
ސައުދީގެ އިންޓީރިއާ މިނިސްޓްރީ އާއި ހަވާލާދީ ސައުދީގެ މީޑީއާގައި ބުނެފައިވާ ގޮތުގައި ހައްޖުގެ މާތް އަޅުކަންތައް ކުރިޔަށްދާ މައްކާ ސިޓީގެ މުޒްދަލިފާ، އަރަފާތް އަދި މިނާއަށް މާދަމާއިން ފެށިގެން ވަދެވޭނީ ހައްޖަށް ދިއުމުގެ ހުއްދަ ލިބިފައިވާ މީހުންނާއި އެ ސަރަހައްދުތަކަށް ވަނުމުގެ ހުއްދަ ދީފައިވާ މީހުންނަަށް އެކަންޏެވެ. ސައުދީ ސަރުކާރުން ބުނެފައިވާގޮތުގައި މާތްވެގެންވާ ބިންތަކުގެ ހުރިހާ ސަރަހައްދެއްގައި ވަރަށް ރަނގަޅަށް ސެކިއުރިޓީ ބަލަހައްޓަމުން ދާނެކަމަށާއި ވަދެނުކުމެވާ މީހުން ރަނގަޅަށް ބަލާނެ ކަމަށެވެ.
ހުއްދަ ނެތި ނެތި އެތަންތަނަށް ވަންނަ މީހުން 10،000 ރިޔާލުން ޖޫރިމަނާ ކުރާނެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން މިއަހަރުގެ ހައްޖުގެ އަޅުކަން ކުރިޔަށް ގެންދަން ނިންމާފައިވަނީ 10،000 މީހުންނާއި އެކު އެވެ. އޭގެ ތެރެއިން 70 ޕަސެންޓު ޖާގަ ސައުދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަށް ދީފައިވާއިރު ސައުދީ ރައްޔިތުންނަށް ދޭނީ 30 ޕަސެންޓު ޖާގަ އެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދޭނީ ކޯވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިޖްތިމާއީ ގައިދުރު ކަމުގައި އަޅުކަން އަދާ ކުރެވޭނެ ގޮތަށް ބަލައިގެން ނެވެ. އަދި ސިއްހީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވަނީ ވަގުތީ ހޮސްޕިޓަލެއް އެ ސަރަހައްދުގައި ކޯވިޑަށް ހާއްސަކޮށްގެން ވަނީ އަޅާފައި އެވެ.
ސައުދީ ސަރުކާރުން ބުނީ ހައްޖަުގެ އަޅުކަމަށް އެ ގައުމުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް