ކުޑަކުއްޖަކަށް ބިރު ދައްކައި ބްލެކްމެއިލްކޮށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފި އެވެ.
މި މައްސަލައިގަ ހައްޔަރު ކޮށްފައިވަނީ ނ. ލަންދޫ، ޗިޗަންޑާގޭ އުމުރުން 22 އަހަރުގެ އިބްރާހިމް ނިހާނު އެވެ. ކޯޓުން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބަލައި ޝަރީއަތް ނިމެންދެން އިބްރާހީމް ނިހާނު ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުންންށް ހުށަހަޅާފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.
ނިހާނު ހައްޔަރު ކުރީ17 އަހަރުގެ އަންހެން ކުއްޖަކު ގެސްޓު ހައުސްއަކަށް ގެންގޮސް ޖިންސީ ގޯނާކޮށް ބިރު ދެއްކި މައްސަލައިގައި އެވެ. ފުލުހުން ބުނީ މި މައްސަލައިގަ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުޑަ ކުދިންނަށް ބިރުދައްކައި، ބްލެކްމެއިލް ކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތަކާއި އިންޓަނެޓްގެ ޒަރީއާއިން ކުޑަކުދިން ގްރޫމްކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތައް މިދުވަސްވަރު އިތުރުވަމުންދާތީ މައިންބަފައިންނާއި ބެލެނިވެރިން މިކަމަށް ސަމާލުވެތިބުމަށް އިލްތިމާސްކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް