ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރާއި ވަރަށް ވައްތަރު ސިފަތަކެއް ހުންނަ ޖުނައިދު ޝާހު މަރުވެއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތިގައި ޖުނައިދު މަރުވީ ހިތް ހުއްޓިގެން ނެވެ. އޭނާ މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޖުނައިދަކީ މީގެ ކުރިން އެއްވެސް ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ނޫނެވެވެ. ހިތް ހުއްޓިގެން އޭނާ މަރުވީ ހަމަ ކުއްލިއަކަށް ކަމަށްވެ އެވެ.
ޖުނައިދު ރަންބީރާއި ވައްތަރުކަން ހާމަވެގެން ދިޔައީ 2015 ވަނަ އަހަރު ރަންބީރުގެެ ބައްޕަ ރިޝީ ކަޕޫރު ސޯޝަލް މީޑިއާގައި ފޮޓޯއެއް ހިއްސާ ކުރުމުންނެވެ.
ރިޝީ އެހެން ބުނެ އެ ދެމީހުންގެ ފޮޓޯ އާންމު ކުރި ފަހުން ޖުނައިދު އަށް މޮޑެލް ކުރުމުގެ ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔަ އެވެ. ޖުނައިދަކީ ކަޝްމީރަށް ނިސްބަތްވާ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް