ބަންގްލަދޭޝްގެ އިތުރު 200 މީހުން ފުރުވާލައިފި

ބަންގްލަދޭޝްގެ އިތުރު 200 މީހަކު އަނބުރާ ގައުމަށް ފުރުވާލައިފި އެވެ. މިއަދު ފުރުވާލި އެންމެންނަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންނެވެ. އެމީހުންނަކީ ފުރުވާލެވެންދެން ސަރުކާރުގެ ކޮ...

18 Jul 2020 | 07:41

ބަންގްލަދޭޝްގެ އިތުރު 200 މީހަކު އަނބުރާ ގައުމަށް ފުރުވާލައިފި އެވެ.

މިއަދު ފުރުވާލި އެންމެންނަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންނެވެ. އެމީހުންނަކީ ފުރުވާލެވެންދެން ސަރުކާރުގެ ކޮންޓެއިންމެންޓް ސައިޓުތަކުގައި ބަލަހައްޓަމުން ދިޔަ މީހުންގެ ތެރެއިން ބައެކެވެ.

މި މީހުން ފުރުވާލީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި އެވެ. މޯލްޑިވިއަންއިން އިއްޔެ ވަނީ އައްޑޫ ސިޓީގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީންގެ ތެރެއިން 153 ބަންގްލަދޭޝް މީހަކު ގަމުން ޑާކާއަށް ގެންގޮސްފައި އެވެ.

https://twitter.com/MaldivianAero/status/1284386860614090753

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފުރުވާލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 3،500 އެއްހާ ބިދޭސީން ފުރުވާލައިފި އެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް ގަވައިދާ ހިލާފަށް އުޅޭ 20،000 މީހުން ފުރުވާލުމެވެ.

ރާއްޖޭގައި 60،000 އެއްހާ ބިދޭސީން ގަވައިދާ ހިލާފަށް މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން99 ޕަސެންޓު މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް