ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވެފައިވާއިރު، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުމަތީގެ ތަފާތު ހާދިސާތައް ދަނީ ހިނގަމުން ކަމަށެވެ. ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވާއިރު ރޭގެ ދަންވަރު، ބޯޓެއްގައި ކަފުޖަހާފައި އޮތް ޑިންގީއެއް ބަންޑުން ޖަހާލާފައިވެއެވެ. އަދި މިއަދު ހެނދުނު، ނުވަ މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައި އެ ދޯނި އަޑިއަށް ގޮސްފައިވެއެވެ.
އެ ހާދިސާ ހިނގިއިރު އެ ދޯނީގައި ތިބި މީހުން ވަނީ ސަލާމަތް ވެފައެވެ. އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ކަނޑުމަތީގެ ހާދިސާތައް ހިނގާފައިވާއިރު، މުޅި ރާއްޖެއަށް މިހާރުވެސް އޮތީ ހުދު ސަމާލު ނެރެފައެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ މިއަދު 10:45 އިން މިއަދު މެންދުރުފަހު 03:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް