މާލެއިން ފުރައިގެން އދ. މަންދުއަށް ދަތުރުކުރި "ރަންތަރި" ދޯނިން ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން، އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އެ ޒުވާނާ ހޯދުމަށް މާލެ އޭރިއާ ކޯސްޓްގާޑްގެ ޑައިވަރުން ކުރަމުންދާ މަސައްކަތުގައި ޑައިވް ކޮށްގެންނާއި ކަނޑުގެ ސާފެސް ބެލުމުގައި އާންމުންގެ އެހީތެރިކަމާއެކު ހުއްޓުމެއްނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށު ރަތްވިލާގޭ، އުމުރުން 27 އަހަރުގެ އަލީ ޝާހެވެ.
އެ ދޯންޏާ ހަވާލާދީ އެމްއެންޑީއެފުން ބުނެފައިވާގޮތުގައި އަލީ ޝާހު ރަށަށް ދިޔައީ ކަރަންޓީނު ވުމަށވެ. އަދި ދޯނި އެ ރަށުގެ ނެރުން ވަންތް އިރުވެސް ދޯނީގައި އޭނާ ހުރިކަމަށް ވެއެވެ. ނަމަވެސް ރަށަށް ދޯނި ގާތްކޮށް ބެލި އިރު އޭނާ ނުފެނިގެން ރިޕޯޓްކުރީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 01:10 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް