ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް ގަމު މަގުން ފުރުވާލައިފި

ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ބަންގްލަދޭޝްއަށް ފުރުވާލައިފި އެވެ. މި މީހުން ފުރުވާލާފައިވަނީ މޯލްޑިވިއަންގެ ހާއްސަ ފްލައިޓެއްގަ...

18 Jul 2020 | 04:21

ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ބަންގްލަދޭޝްއަށް ފުރުވާލައިފި އެވެ.

މި މީހުން ފުރުވާލާފައިވަނީ މޯލްޑިވިއަންގެ ހާއްސަ ފްލައިޓެއްގައި އެވެ. މި ދަތުރުގައި ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 135 މީހަކު ފުރުވާލާފައިވެ އެވެ. މިއީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ފުރުވާލި މިފަދަ ފުރަތަމަ ގްރޫޕެވެ.

މި އެންމެންނަކީވެސް އައްޑޫ ސިޓީގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ މީހުންނެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް ގަވައިދާ ހިލާފަށް އުޅޭ20،000 ބިދޭސީން އަނބުރާ ގައުމަށް ފުރުވާލުމެވެ.

https://twitter.com/MaldivianAero/status/1284012686489968641

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް