މަސްވެރިކަން ކުރާ ދޯންޏެއް އަޑިޔަށް ގޮސް ނުވަ މީހުން ކަނޑުވެއްޖެ

މަސްވެރިކަން ކުރާ ދޯންޏެއް އަޑިއަށް ގޮސް ނުވަ މީހުން ކަނޑުވެއްޖެ އެވެ. އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓުކޮށްފައިވަނީ ހެނދުނު 6:30 ހާއިރު ކަމަށެވެ. "ކަނޑުރޯދި 1" ނަކަމަށް ކިޔާ އެ ދޯނި އަޑިއަށް ދިޔަ...

18 Jul 2020 | 04:04

މަސްވެރިކަން ކުރާ ދޯންޏެއް އަޑިއަށް ގޮސް ނުވަ މީހުން ކަނޑުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓުކޮށްފައިވަނީ ހެނދުނު 6:30 ހާއިރު ކަމަށެވެ. "ކަނޑުރޯދި 1" ނަކަމަށް ކިޔާ އެ ދޯނި އަޑިއަށް ދިޔައީ ކ. ހުރާ ބޮއި ކައިރީގައި މަސްވެރިކަން ކުރަން އުޅެނިކޮށެވެ.

އެމްއެންޑީއެފުން އެ ސަރަހައްދަށް ދިއުމުގެ ކުރިން އެހެން ދަތުރު ކުރި ދޯންޏަކުން ވަނީ އެމީހުން ދޯންޏަށް ނަގާފައި އެވެ. އަދި އެމީހުން އެ ދޯނީގައި މާލެ ގެންނަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ

އެމްއެންޑީއެފުންބުނީ ކަނޑުވި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް