ވައިރަސް ޖެހުނު 80 އަށްވުރެ ގިނަ މީހުން މިއަދު ރަނގަޅުވެއްޖެ

ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރެއިން 80 އަށްވުރެ ގިނަ މީހުން މިއަދު ރަނގަޅުވެއްޖެ އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަދު 82 މީހަކު ބަލިން ރަނގަޅުވި ކަމަށް ވަނ...

18 Jun 2020 | 18:13

ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރެއިން 80 އަށްވުރެ ގިނަ މީހުން މިއަދު ރަނގަޅުވެއްޖެ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަދު 82 މީހަކު ބަލިން ރަނގަޅުވި ކަމަށް ވަނީ ކަނޑައަޅާފައި އެވެ. މިހާރު ބައްޔަށް ފަރުވާދެމުންދަނީ 368 އަށް މީހަކަށެވެ.

ފަރުވާދެމުންދާ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެނީ ނުވަ މީހަކަށެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅެވެ.

މިއަދު 82 މީހަކު ރަނގަޅުވެފައިވާއިރު ވައިރަހަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ޖުމްލަ 1،759 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. އެއީ ބަލި ޖެހުނު 81 ޕަސެންޓު މީހުންނެވެ.

ބަލިން ރަނގަޅުވި ކަމަށް ކަނޑައަޅަން މިހާރު 14 ދުވަސް ހަމަވެ، އަލާމާތްތައް ފިލުމުން ވައިރަހަށް ޓެސްޓެއް ނުކުރެ އެވެ.

މިހާތަނަށް ރާއްޖެއިން ވައިރަހަށް 2،137 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން އަށް މީހަކު މަރުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް