މަޖިލީހުގެ 20 އަށްވުރެ ގިނަ މުވައްޒަފުން އައިސޮލޭޝަންގައި

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެގެން 20 އަށްވުރެ މުވައްޒަފަކު އައިސޮލޭޝަންގައި ތިބެން އަންގައިފި އެވެ. މަޖިލީހުގެ އިދާރާއިން ޕޮސިޓިވްވެފައިވަނީ މެއިންޓަނަންސްގައި...

18 Jun 2020 | 17:55

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެގެން 20 އަށްވުރެ މުވައްޒަފަކު އައިސޮލޭޝަންގައި ތިބެން އަންގައިފި އެވެ.

މަޖިލީހުގެ އިދާރާއިން ޕޮސިޓިވްވެފައިވަނީ މެއިންޓަނަންސްގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އެމީހާ ޕޮސިޓިވްވުމުން އިއްޔެ ވަނީ މަޖިލީހުގެ ހުރިހާ މަސައްކަތްތަކެއް ވަގުތުން ހުއްޓާލާ މެންބަރުންނާއި މުވައްޒަފުން ގެއަށް ފޮނުވާލާފައި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޕޮސިޓިވްވި މަޖިލީހުގެ މުވައްޒަފާއި ގުޅުން ހުރި 29 މީހަކު ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ އެންމެން އައިސޮލޭޝަންގައި ގޭގައި ތިބެން އަންގާފައިވާނެ ކަމަށް ވިދާޅުވި އެވެ.

އެ މުވައްޒަފު ޕޮސިޓިވްވުމާއި ގުޅިގެން މަޖިލީހުގެ އިދާރާވަނީ ޑިސްއިންފެކްޓު ކޮށްފައި އެވެ.

މިއީ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޯވިޑަށް ޕޮސިޓިވްވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް