ކޯވިޑް-19 އަށް ރާއްޖެއިން މިއަދު 17 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވްވި 17 މީހުންގެ ތެރޭގައި ހިމެނެނީ ދިވެހިންގެ ހަތް މީހަކާއި 10 ބިދޭސީއެކެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި އިންޑިއާގެ ތިން މީހެއްގެ އިތުރުން ނޭޕާލުގެ މީހެކެވެ.
މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 368 މީހަކަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާދެމުންދަނީ ނުވަ މީހަކަށެވެ.
ކޯވިޑަށް ފަރުވާދެމުންދާ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެޗްޕީއޭއިން ބުނެ އެވެ. މިހާރު ޕޮސިޓިވްވާ ގިނަ މީހުންނަކީ ބަލީގެ އަލާމާތެއް ނެތް މީހުންނެވެ.
މިއާއެކު ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ އަދަދު މިވަނީ 2،137 އަށް އަރާފައެވެ.
މި ބަލީގައި މަރުވެފައިވަނީ އަށް މީހުންނެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބަންފްލަދޭޝް މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް