ހައްގުތައް ހޯދައި ދިނުމަށް ގޮވާލާ މުޅި ރާއްޖޭގައި އިދިކޮޅުން މުޒާހަރާ ކުރަން ތައްޔާރުވަނީ

އިދިކޮޅު ޕީޕިއެމް/ ޕީއެންސީ ކޯލިޝަނުން އަތޮޅު ތެރޭގައި ތިބި އެ ޕާޓީތަކުގެ މަންދޫބުންނާއި ބައްދަލު ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ. މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ބައްދަލު ކޮށްފައިވަނީ ހއ. އަތޮޅުގ...

18 Jun 2020 | 10:12

އިދިކޮޅު ޕީޕިއެމް/ ޕީއެންސީ ކޯލިޝަނުން އަތޮޅު ތެރޭގައި ތިބި އެ ޕާޓީތަކުގެ މަންދޫބުންނާއި ބައްދަލު ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ބައްދަލު ކޮށްފައިވަނީ ހއ. އަތޮޅުގެ ރަށްތަކުގެ މަންދޫބުންނާއި އެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ސިޔާސީ ހަރަކާތްތައް ވަރުގަދަ ކުރުމާއި ކޯލިޝަންގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމާއި ގުޅޭގޮތުންނެވެ.

ރަށްރަށުގައި ދިމާވަމުންދާ ދަތިތަކާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގެ ލީޑަރުންނާއި މަޝްވަރާ ކުރެވުނު ކަމަށް ޕީޕީއެމްއިން ބުނެ އެވެ. ޕީޕީއެމްއިން ބުނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި ގުޅިގެން މަންދޫބުން ވަނީ ސަރުކާރާއި ދެކޮޅަށް އިހުތިޖާޖު ކުރުމަށް ތައްޔާރަށް ތިބި ކަން ހާމަކޮށްފައި ކަމަށް ޕީޕީއެމްއިން ބުނެ އެވެ.

އެގޮތުން ހައްގުތައް ހޯދައި ދިނުމަށް ގޮވާލާ ޕީޕީއެމްއިން ބާއްވަން ތައްޔާރުވަމުންދާ މުޒާހަރާގެ މައުލޫމާތު މެންބަރުންނާއި ހިއްސާ ކުރި ކަމަށް ބުނެ އެވެ.

މީގެ އިތުރުން ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިނާއި ގުޅޭގޮތުން މަޝްވަރާކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް