މާފުށީ ޖަލަށް ވައްދަން އުޅުނު ތިން އިންޗީގެ ކުޑަކުޑަ ފޯނެއް އަތުލައިގެންފި

މާފުށީ ޖަލަށް ވައްދަން އުޅުނު ކުޑަކުޑަ ފޯނެއް އަތުލައިގެންފި އެވެ. މިފޯނު ވައްދަށް މަސައްކަތް ކޮށްފައިވަނީ ބޭސްތަކެއް އަޅާފައިވާ ކުޑަ ފޮއްޓަކަށް ލައިގެންނެވެ. މި ކުޑަ ފޯނުގެ ދިގުމިނަކީ ތިން އިންޗިއެޗެ...

18 Jun 2020 | 09:41

މާފުށީ ޖަލަށް ވައްދަން އުޅުނު ކުޑަކުޑަ ފޯނެއް އަތުލައިގެންފި އެވެ.

މިފޯނު ވައްދަށް މަސައްކަތް ކޮށްފައިވަނީ ބޭސްތަކެއް އަޅާފައިވާ ކުޑަ ފޮއްޓަކަށް ލައިގެންނެވެ. މި ކުޑަ ފޯނުގެ ދިގުމިނަކީ ތިން އިންޗިއެޗެ.

ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އާ ޓެކްނޮލޮޖީއާ އެކު ފޯނުތައް ކުދިވާން ފަށާފައިވާ ކަމަށާއި އެ ކުޑަ ފޯނު ޖަލަށް ވައްދަން މަސައްކަތް ކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. ޖަލަށް ވެއްދުން މަނާ ތަކެތި ހުއްޓުވަން ކަރެކްޝަނަލް ސާވިސް އިން ބޭނުންކުރާ ވަސީލަތްތައް ވެސް އާ އުކުޅުތަކާ އެކު އިތުރުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ

އޭނާ ވިދާޅުވީ ކުށްވެރިންނަށް އެކި ގޮތްގޮތުން ޖަލަށް އެއްޗެހި ވައްދަން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން މި ވޭތުވެދިޔަ ތަނުގައި ޑެލިވަރީ ކުރާ ކާބޯތަކެތީގެ ތެރޭގައި އާއި ޖަލަށް ޒިޔާރަތް ކުރާ މީހުން މެދުވެރިކޮށް އެއްޗެހި ވެއްދުމަށް މަސައްަތް ކުރާ ކަމަށެވެ.

މީގެ އިތުރުން ޖަލުގެ ފެންސުތަކުގެ މަތިންވެސް އެއްޗެހި އުކާކަމަށް ވިދާޅުވި އެވެ. އަހުމަދުގެ ޓުވީޓުގައި ވަނީ އެގޮތަށް ޖަލަށް މިއަހަރުގެ ތެރޭގައި ވައްދަން މަސައްކަތް ކުރި ބައެއް ސާމާނުތަކުގެ ފޮޓޯ ދައްކާލާފައި އެވެ. ފޮޓޯއިން ފެންނަ ތަކެތީގެ ތެރޭގައި ތަފާތު ވައްތަރުގެ ޖޫސް ޕެކެޓާއި ކިރު ޕެކެޓާއި ފޯނާއި ޗާޖަރު ފަދަ ތަކެތި ހިމެނެ އެވެ.

https://twitter.com/ahumadhumohamed/status/1273488830767620096

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް