އެމްޑަބްލިއުއެސްސީގެ ފެމްބިލްތަކުގެ ޖޫރިމަނާ ފައިސާ ދައްކަން ޖެހޭ މުއްދަތު އަނެއްކާވެސް ފަސްކޮށްދީފި އެވެ.
"ދަރަންޏަށް ލުޔެއް" ގެ ނަމުގައި އެ ކުންފުނިން ފެށި ޕްގްރާމަކީ ކޯވިޑާއި ގުޅިގެން ފެށި ޕްރޮގްރާމެއް ނޫނެވެ. އެ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
އެ ޕްރޮގްރާމްގެ ދަށުން ޖޫރިމަނާ ފައިސާ ދެއްކުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި ކޯވިޑް-19 އާއި ގުޅިގެން ދަތިތަކާއި ކުރިމަތިވެ ފައިސާ ނުދެއްކިވާ ގިނަ ކަސްޓަމަރުން ތިބި ކަމަށް އެ ކުންފުނިން ބުނެ އެވެ. އެހެންވެ އެމްޑަބްލިއުއެސްސީން ނިންމާފައިވަނީ އަންނަ އަހަރުގެ މާޗް 17 އާއި ހަމައަށް އެ މުއްދަތު އިތުރު ކުރާށެވެ.
މި ޕްރޮފްރާމުގެ ދަށުން ޖޫރިމަނާ ފައިސާ ނުދައްކާ މީހުންނަށް ބިލަށް އަރާ ފައިސާގެ ވަކި ޕަސެންޓެއް މާފު ކޮށްދޭނެ އެވެ. އަދި އެއްފަހަރާ ފައިސާ ދައްކަން ދަތި ކަސްޓަމަރުންނަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ލިބޭނެ އެވެ.
މީގެ އިތުރުން އެއްފަހަރާ ފައިސާ ދައްކާ ނަމަ އިންޓްރެސްޓުގެ ގޮތުގައި ނަގާ ބައި އެއްކޮށް މާފު ވެސް ކޮށްދޭނެ އެވެ.
މިދިޔަ ޑިސެމްބަރު މަހު ފުރަތަމަ މި ޕްރޮގްރާމް ފެށި އިރު ފެން ބިލު ނުދައްކާ ޖޫރިމަނާ އަރާފައިވާ 13،894 ކަސްޓަމަރުން ތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް