މިދިޔަ މަހު އިމްޕޯޓު 57 ޕަސެންޓު އަދި އެކްސްޕޯޓު 73 ޕަސެންޓު ދަށްވެއްޖެ

މިދިޔަ މެއި މަހު ރާއްޖޭގެ އިމްޕޯޓު އެކްސްޕޯޓު ދަށަށް ގޮސްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުން ދައްކައިފި އެވެ. އެ އިދާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުގައި މިދިޔަ މެއި މަހު އިމްޕޯ...

18 Jun 2020 | 06:46

މިދިޔަ މެއި މަހު ރާއްޖޭގެ އިމްޕޯޓު އެކްސްޕޯޓު ދަށަށް ގޮސްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުން ދައްކައިފި އެވެ.

އެ އިދާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުގައި މިދިޔަ މެއި މަހު އިމްޕޯޓު ކުރި މުދަލުގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 51 ޕަސެންޓު ދަށްވެފަ ވެ އެވެ. އަދި އެކްސްޕޯޓު ކުރި މިންވަރު 73 ޕަސެންޓު ދަށެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ އިންޑިއާއިންނެވެ. އެއީ އިމްޕޯޓު ކުރި މުދަލުގެ 17 ޕަސެންޓެވެ. ދެވަނައަށް އެންމެ ގިނަ މުދާ ޗައިނާއިން އެތެރެ ކުރި އިރު ތިން ވަނައަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ ސިންގަޕޫރުންނެވެ.

މިދިޔަ މަހު ރާއްޖެއައަށް އެމްގެ ގިނައިން އެތެރެކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކެވެ. ދެވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ އިލެކްޓްރޯނިކް މެޝިނަރީޒް އެވެ. ތިން ވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކެމިކަލްގެ ބާވަތްތަކެވެ.

އެހެން މަސްމެހެކޭ އެއްގޮތަށް މިދިޔަ މަހުވެސް ރާއްޖެއިން އެކްސްޕޯޓުކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ. އެންމެ ގިނަ މަސް އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑަށެވެ. ދެވަނައަށް ޖަރުމަނުވިލާތަށް އަދި ތިން ވަނައަށް އެންމެ ގިނަ މަސް އެކްސްޕޯޓުކޮށްފައިވަނީ ފްރާންސްއަށެވެ.

މިދިޔަ މަހު އިމްޕޯޓު ޑިއުޓީގެ ގޮތުގައި ކަސްޓަމްސްއަށް ލިބިފައިވަނީ 117 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު 59 ޕަސެންޓު ދަށް އަދަދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް