ކޯވިޑް ޖެހުނު ހަތް ދިވެއްސަކާއި 10 ބިދޭސީއަކު ރަނގަޅުވެއްޖެ

ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރެއިން 17 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ. ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ މީގެ ތެރެއިން 15 މީހަކު ރަނގަޅުވެފ...

18 May 2020 | 17:17

ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރެއިން 17 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ މީގެ ތެރެއިން 15 މީހަކު ރަނގަޅުވެފައިވަނީ އިއްޔެ ކަމަށެވެ. އަނެއް ދެމީހުން ރަނގަޅު ކަމަށް ކަނޑައެޅި މިއަދު ކަމަށެވެ.

މި ދެ ދުވަހު ރަނގަޅުވި މީހުންގެ ތެރޭގައި ހިމެނެނީ ހަތް ދިވެހިންނާއި 10 ބިދޭސީންނެވެ. އޭގެ ތެރެއިން 13 މީހުންނަކީ ފިރިހެނުންނެވެ. އަނެއް ހަތަރު މީހުންނަކީ އަންހެނުންނެވެ.

މިހާތަނަށް ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ޖުމްލަ 76 މީހަކު ވަނީ ރަނގަޅުވެފައި އެވެ. ބައްޔަށް މިހާރު ފަރުވާދެމުންދަނީ 1024 މީހުންނަށެވެ.

ރާއްޖެއިން ޖުމްލަ1106 މީހަކު މިހާތަނަށް ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ. ހަތަރު މީހަކު ބަލީގައި މަރުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް