މަހްލޫފް އަނެއްކާވެސް ގޭގައި ކަރަންޓީނު ވެއްޖެ

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އަނެއްކާވެސް ގޭގައި ކަރަންޓީނު ވެއްޖެއެވެ. އޭނާކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ދިރިއުޅޭ ގެއިން މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗ...

18 May 2020 | 16:18

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އަނެއްކާވެސް ގޭގައި ކަރަންޓީނު ވެއްޖެއެވެ.

އޭނާކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ދިރިއުޅޭ ގެއިން މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެންގުމާއި އެއްގޮތަށް ބަސް އަހައިގެން (ހުންނެވީ) ގޭގައި ކަމަށެވެ.

"ޝިއްހީ މާހިރުންގެ ލަފަޔާ އެއްގޮތަށް އަމަލުކުރުން މުހިންމު" މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެ ޓްވީޓްގައި މަހްލޫފް އިތުރަށް ވިދާޅުވެފައިވަނީ ﷲގެ ވާގިފުލާއެކު މި ހާލަތުގައިވެސް ގައުމު މިއޮތީ ކަމާގުޅޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ބޯލެނބުމުން ކަމަށެވެ.

https://twitter.com/AhmedMahloof/status/1262381408166739968

މިއީ މިނިސްޓަރު މަހްލޫފް ގޭގައި ކަރަންޓީނުވި ދެވަނަ ފަހަރެވެ. ކުރިން ފަހަރު ގޭގައި ކަރަންޓީނުވީ އިހްސާން ފިހާރައިން ދެމީހަކު ޕޮޒިޓިވް ވުމުންނެވެ. ޔޫތު މިނިސްޓްރީން އެކުލަވާލި ވޮލަންޓަރީ ޑެލިވަރީ ޓީމާއެކު މިނިސްޓަރު މަހްލޫފް އޭރު އިހުސާނު ފިހާރަޔަށް ދިޔައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް