ކުށެއްގެ އިސްލާހް: ގަދަ ވައިގާ މަހިބަދޫ މިސްކިތެއްގެ މުންނާރުގެ މަތީ ގުއްބު ވެއްޓިއްޖެ

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ ވައި ވަރަށް ގަދަވެފައިވާއިރު މި ވައިގާ އދ. މަހިބަދޫ މަސްޖިދުލް އިހްސާން މިސްކިތުގެ މުންނާރުގެ މަތީގައި އިންނަ ގުއްބު ވެއްޓިއްޖެއެވެ. މުންނާރުމަތީ ގުއްބަ ވެއ...

18 May 2020 | 14:12

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ ވައި ވަރަށް ގަދަވެފައިވާއިރު މި ވައިގާ އދ. މަހިބަދޫ މަސްޖިދުލް އިހްސާން މިސްކިތުގެ މުންނާރުގެ މަތީގައި އިންނަ ގުއްބު ވެއްޓިއްޖެއެވެ.

މުންނާރުމަތީ ގުއްބަ ވެއްޓިފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދިޔަނަމަވެސް ރަސްމީ އިދާރާއެއްގެ ބަހެއް އަދި މިކަމުގައި ލިބިފައެއް ނުވެއެވެ.

މި ވިއްސާރައިގާ ވައި ވަރަށް ގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް އަންދާޒާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލުވެސް ނެރެފައިވެއެވެ.

ބ. އަތޮޅުން އައްޑޫ ސިޓީއާއި ދޭތެރޭގެ ރަށްތަކަށް މި ސަމާލު ނެރެފައިވަނީ ހަވީރު 05:00 މިރޭގެ 10:00 އާއި ހަމައަށެވެ.

ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުން އަންނައިރު ބޭ އޮފް ބެންގާލުގައި އުފެދިފައިވާ ތޫފާން އަމްޕަންގެ އަސަރުވެސް ނުސީދާގޮތެއްގައި ރާއްޖެއަށް މިދަނީ ކުރަމުންނެވެ.

މި ތުފާން ރާއްޖެއާއި ދުރަށް އިންޑިއާގެ އޮޑީޝާއާއި ދިމާއަށް ދަތުރުކުރަމުންދާއިރު މި ތޫފާނުގެ އަސަރު ރާއްޖެއަށްވެސް ކުރަމުން އަންނަ ކަމަށް ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.

އެޑިޓަރުގެ ނޯޓް: ކުރިން މި ހަބަރު ގެނެސްދެވުނީ، ވެއްޓިފައިވަނީ ވިޔަފާރިވެރިންގެ މިސްކިތުގެ މުންނާރުގެ މަތީ ގުއްބު ކަމަށެވެ. އޭރު އެގޮތަށް ހަބަރު ގެނެސްދެވިފައިވާތީ ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް