މިރޭ 10 އަކާއި ހަމައަށްވެސް މޫސުން ވަރަށް ގޯސް، ރާއްޖޭގެ ބޮޑުބައެއް ރީނދޫ ސަމާލުގައި

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ މިރޭ 10:00 އާއި ހަމައަށްވެސް މޫސުން ވަރަށް ގޯސްކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ. ރީނދޫ ސަމާލު ނެރެފައިވަނީ ބ. އަތޮޅުން...

18 May 2020 | 12:30

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ މިރޭ 10:00 އާއި ހަމައަށްވެސް މޫސުން ވަރަށް ގޯސްކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.

ރީނދޫ ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށެވެ.

މި ސަމާލުގައި ބުނެފައިވަނީ މިއަދު ހަވީރު 05:00 އިން ފެށިގެން މިރޭ 10:00 އާއި ދެމެދުގެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން، ގަޑިއަކު 28 މޭލާއި 35 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލާއި 60 މޭލާއި ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އަދި ކަނޑު ގަދަވުން އެކަށީގެން ވާކަމަށެވެ.

ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުން އަންނައިރު ބޭ އޮފް ބެންގާލުގައި އުފެދިފައިވާ ތޫފާން އަމްޕަންގެ އަސަރުވެސް ނުސީދާގޮތެއްގައި ރާއްޖެއަށް މިދަނީ ކުރަމުންނެވެ.

މި ތުފާން ރާއްޖެއާއި ދުރަށް އިންޑިއާގެ އޮޑީޝާއާއި ދިމާއަށް ދަތުރުކުރަމުންދާއިރު މި ތޫފާނުގެ އަސަރު ރާއްޖެއަށްވެސް ކުރަމުން އަންނަ ކަމަށް ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް