ކުރިން ރިސޯޓު ހިންގި ކ. ވިލިވަރުގައި ބިދޭސީން ބޭތިއްބުމަށް ހާއްސަ ކަރަންޓީން ފެސިލިޓީއެއް ގާއިމްކޮށް ނިންމާ އިއްޔެ ވަނީ ނެޝަނަލް ޑިޒާސްޓާ މެޖޭޖްމެންޓު އޮތޯރިޓީ އާއި ހަވާލުކޮށްފައި އެވެ.
މި މަސައްކަތް ކުރީ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެންނެވެ.
މި ފެސިލިޓީގައި218 މީހުންގެ ޖާގަ ހުރި އިރު20 ފާހާނާ ހުރެ އެވެ. އަދި ވަކިން ފެންވެރޭގޮތަށް29 މާގަނޑުލާފައި ހުރި އިރު މުވައްޒަފުން ތިބުމަށް30 ކޮޓަރި ހެދިފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި އެ ފެސިލިޓީގައި ކައްކާ ތަނާއި ސިއްހީ ހިދުމަތްދޭނެ ތަނެއްވެސް ވަނީ ގާއިމް ކުރެވިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް