އިރުއެރުމާއި ހަމައަށްވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ވަރަށް ގޯސް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް ނެރެފައިވާ މި ސަމާލުގައި ބުނެފައިވަނީ މިރޭގެ 02:00 އިން ފެށިގެން މާދަމާ ހެނދުނު 06:00 އާއ...

17 May 2020 | 22:04

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ނެރެފައިވާ މި ސަމާލުގައި ބުނެފައިވަނީ މިރޭގެ 02:00 އިން ފެށިގެން މާދަމާ ހެނދުނު 06:00 އާއި ހަމައަށް ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް މޫސުން ވަރަށް ގޯސް ކަމަށެވެ.

ލަފާކޮށްފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި އާންމު ވައި 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ހުންނާނެ ކަމަށވެ. ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށްވެސް އަންދާޒާކޮށްފައިވެއެވެ.

އިރުއެރުމާއި ހަމައަށްވެސް މޫސުން ވަރަށް ގޯސްކަމަށް އަންދާޒާކޮށްފައިވާއިރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މޫސުން އިތުރަށް ގޯސްވެގެން މިދަނީ ބޭ އޮފް ބެންގާލުގައި އުފެދިފައިވާ ތޫފާން އަމްޕަންގެ އަސަރުވެސް ހުޅަނގު މޫސުމުގެ ވިއްސާރައާއި އެކުވުމުންނެވެ.

އިންޑިއާގެ އޮޑީޝާ ސްޓޭޓާއި ދިމާއަށް، ރާއްޖެއާއި ދުރަށް ދަތުރުކުރަމުންދާ މި ތޫފާނުގެ އަސަރު ސީދާ ރާއްޖެއަށް ނުކުރި ނަމަވެސް ނުސީދާ އަސަރު މިދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް