އިތުރު ހަތަރު ދިވެއްސަކު ޕޮސިޓިވް ވެއްޖެ

ރާއްޖެއިން އިތުރު ހަތަރު ދިވެއްސަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މިއާއި އެކު ރާއްޖެއިން ޕޮސިޓިވްވި ޖުމްލަ އަދަދު ވަނީ1،094 އަށް އަރާފައި އެވެ. އަދި ކޯވިޑް ޖެހުނު ދިވެހިންގެ އަދަދު ވަނީ388 އަށް...

17 May 2020 | 20:47

ރާއްޖެއިން އިތުރު ހަތަރު ދިވެއްސަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މިއާއި އެކު ރާއްޖެއިން ޕޮސިޓިވްވި ޖުމްލަ އަދަދު ވަނީ1،094 އަށް އަރާފައި އެވެ. އަދި ކޯވިޑް ޖެހުނު ދިވެހިންގެ އަދަދު ވަނީ388 އަށް އިތުރުވެފައި އެވެ.

އެޗްޕީއޭއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ބަލި ޖެހޭ ދިވެހިންގެ އަދަދު އިތުރުވިޔަސް މިހާލަތުގައި ފެންނަ އެންމެ ރަނގަޅު މަންޒަރަކީ ބަލިޖެހޭ ބިދޭސީންގެ އަދަދު މަދުވުން ކަމަށެވެ. އަދި މިހާރު ގާތްގަނޑަކަށް ބަލި ޖެހޭ ބިދޭސީންގެ އަދަދު ދިވެހިންނާއި އެއް ހަމައެއްގައި ކޮންމެ ދުވަހަކު ހިފެހެއްޓެމުންދާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ބިދޭސީންގެ ތެރެއިން މިފަހަކުން އިންޑިއާ މީހުންނަށް ބަލި ޖެހޭ މިންވަރު އިތުރުވެފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް އިންޑިއާގެ104 މީހަކަށް ބަލި ޖެހިފައިވާއިރު ކޮންމެ ދުވަހަކުވެސް ބަލި ޖެހޭ މީހުންގެ ތެރޭގައި އިންޑިއާ މީހުން ހިމެނެ އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށްް ޕޮސިޓިވްވި މީހުންގެ ތެރެއިން59 މީހަކު ރަނގަޅުވެފައިވެ އެވެ. މީގެ އިތުރުން އިތުރު ބަޔަކުވެސް ބަލިން ރަނގަޅުވެފައިވާ ކަމަށާއި އެ އަދަދުތައް ފަހުން ހާމަ ކުރާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މި ބަލީގައި ރާއްޖެއިން ހަތަރު މީހަކު ވަނީ މަރުވެފައި އެވެ. އެއީ ބިދޭސީ އަކާއި ތިން ދިވެހިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް