ކޯވިޑް-19 ޖެހިގެން އިތުރު މީހަކު ރާއްޖެއިން މާރުވެއްޖެއްގެ އެވެ.
އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 72 އަހަރުގެ އަންހެނެއް ކަމަށެވެ. އެމީހާ މަރުވެފައިވާކަމަށް ކަނޑައަޅާފައިވަނީ އިއްޔެ ހެނދުނު 9:22 ގައި އެވެ.
އެ އަންހެން މީހާ އޭޑީކޭ ހޮސްޕިޓަލްގެ އެމަަޖެންސީ ރޫމަށް ގެންގޮސްފައިވަނީ ހަރަކާތް ކުރުން ހުއްޓާލާފައިވާތީ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 70 ވަނަ މީހާ އެވެ.
މިދިޔަ ހުކުރު ދުވަހު ކޯވިޑް ޖެހިގެން ދެ މީހުން މަރުވެފައިވެ އެވެ. އޭގެ ތެރެއިން އެކަކަކީ ހަމަ މިގޮތަށް ހަރަކާތް ކުރުން ހުއްޓާލައިގެން ހޮސްޕިޓަލަށް ގެންދިޔަ މީހެކެވެ.
އެޗްޕީއޭއިން ބުނީ 86 އަހަރުގެ ފިރިހެން މީހާ އެ ދުވަހު ހަވީރު 4:20 ހާއިރު އައިޖީއެމްއެޗު އެމަޖެންސީ ރޫމަށް ގެންގޮސްފައިވަނީ ހަރަކާތް ކުރުން ހުއްޓާލައިގެންނެވެ. ދެން އެ ދުވަހު މަރުވެފައިވަނީ ޑީއެޗް 11 ގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ އުމުރުން 82 އަހަރުގެ ފިރިހެނެކެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިގެން މަރުވެފައިވަނީ 62 ދިވެހިންނާއި އަށް ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް