ލޯބިވެރިން، ދެމަފިރިން، އާއިލާ އެކުގައި ރަމަޟާން މަހު ހޭދަކޮށްލެވޭ އެންމެ ހާއްސަ އެއް ވަގުތުކޮޅަކީ ރޯދަވީއްލާ ވަގުތުކޮޅެވެ. މި ޒަމާނުގެ ގޮތުން ބުނާނަމަ އިފްތާރުގެ ވަގުތެވެ.
އިފްތާރުގެ މި ވަގުތު އިތުރަށް ހާއްސަކޮށްލެވިދާނެ މިއޮތީ ސަޅި ފުރުސަތެކެވެ. އެއީ މާލެ ސަރަހައްދުގައި، ކަނޑުގައި މަޑުމަޑުން ދުއްވާލަ ދުއްވާލާ އޮންނަ ހިތްގައިމު ސަފާރީއެއްގައި ރޯދަވީއްލުމުގެ ފުރުސަތެވެ.
މި ފުރުސަތު ދިވެހިންނާއި ހަމައަށް ގެނެސްދެނީ ވޮޑަމުއްލާ ކެފޭއިންނެވެ.
ލަގްޒަރީ ސަފާރީއެއްގައި ރޯދަ ވީއްލުމުގެ ހިތްގައިމު މި ދަތުރު ފެށެނީ ކޮންމެ ދުވަހެއްގެވެސް ހަވީރު ހަތަރެއް ޖަހާއިރުގައެވެ. ރޯދަވީއްލާ ވަގުތު ޖެހެންދެން އެންމެ ލޯބިވާ ފަރާތްތަކާއެކު ހިތްގައިމު ވަގުތުކޮޅެއް ހޭދަކޮށްލަން ވީއެވެ. ސަންސެޓް ބަލާލަމުން އިފްތާރަށް އިންސާފުކޮށްލަންވީއެވެ.
ސަފާރީގެ ރޯދަވީއްލުމުގެ މި ދަތުރު ރޭގަނޑު އަށަކާއި ހަމައަށް، ޖުމްލަ ހަތަރު ގަޑިއިރަށް ދެމިގެންދާނެއެވެ. މި ހަތަރު ގަޑިއިރު ތެރޭގައި ސަފާރީ އެކްސްޕްލޯރ ކޮށްލައި، ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ނަމާދުކުރުމުގެ އިންތިޒާމުވެސް ސަފާރީގައި ވަނީ ހަމަޖައްސާފައެވެ.
ސަފާރީގެ މި ދަތުރުގެ އަގަކީ ބޮލަކަށް 550 ރުފިޔާއެވެ. ގްރޫޕެއް ދާނަމަ އަދި ކުޑަކުދިން ހިމެނޭނަމަ ހާއްސަ އަގުތަކެއް ކަނޑައަޅާފައިވެއެވެ. އަދި ދުރާލާ ބުކް ނުކުރާ ފަރާތްތަކަށްވެސް ޖާގަ އޮތް މިންވަރަކުން ފުރުސަތު ލިބިގެންދާނެ ކަމުގައި ވޮޑަމުއްލާ ކެފޭއިން ހާމަކުރެއެވެ. އެގޮތުން ރޯދަ ވީއްލާ ވަގުތުގެ 24 ގަޑިއިރުގެ ކުރިން ގުޅައިގެން ޖާގަ ހުރިތޯ ބަލާ، ޖާގަ ހުރި ވަރަކުން ބޮލަކަށް 450 ރުފިޔާގެ ރޭޓުން ފުރުސަތު ލިބިގެންދާނެ ކަމުގައިވެސް ވޮޑަމުއްލާއިން ހާމަކުރެއެވެ.
ސަފާރީގެ މި ހިތްގައިމު ރޯދަވީއްލުމަށް ބުކް ކޮށްލަން ބޭނުންފުޅުނަމަ 7651313 އަށް ގުޅާލުމުން އެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް