ޖެކް މާ ގެ އޭންޓް ގުރޫޕު ރީސްޓަކްޗަރ ކުރުމަށް ޗަައިނާއިން މަޖުބޫރު ކުރުވަނީ

ޗައިނާގެ މަހުޖަނު ޖެކްމާގެ އޭންޓް ގްރޫޕް ރީ ސްޓްރަކްޗަރ ކުރުމަށް ޗައިނާއިން މަޖުބޫރުކުރުވަން ފަށައިފިއެވެ. ދުނިޔޭގެ ހިއްސާގެ ބާޒާރުގެ ތާރީހުގައި ރިކޯޑު އަދަދަކަށް އޭންޓް ގުރޫޕުން ހިއްސާ ވިއްކަން ހަމަޖ...

18 Apr 2021 | 15:14

ޗައިނާގެ މަހުޖަނު ޖެކްމާގެ އޭންޓް ގްރޫޕް ރީ ސްޓްރަކްޗަރ ކުރުމަށް ޗައިނާއިން މަޖުބޫރުކުރުވަން ފަށައިފިއެވެ.

ދުނިޔޭގެ ހިއްސާގެ ބާޒާރުގެ ތާރީހުގައި ރިކޯޑު އަދަދަކަށް އޭންޓް ގުރޫޕުން ހިއްސާ ވިއްކަން ހަމަޖެހިފައި ވަނިކޮށް މިދިޔަ އަހަރުގެ ނޮވެންބަރުމަހުގައި އެކަމަށް ހުރަސް އަޅައި އެންމެ ފަހުން ޗައިނާގެ މޮނޮޕޮލީ އާ ދެކޮޅަށް މަސައްކަތް ކުރާ ރެގިއުލޭޓަރުން މިވަނީ ރެކޯޑު އަދަދަކުން ޖެކްމާގެ އަލީބާބާ ކުންފުނި ޖޫރިމަނާ ކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހު އަލީބާބާ ކުންފުނި ޖޫރިމަނާ ކޮށްފައިވަނީ 2.8 ބިލިއަން ޑޮލަރުންނެވެ. އެއީ 2019 ވަނަ އަހަރު އެކުންފުންޏަށް ޗައިނާއިން ލިބުނު އާމްދަނީގެ ހަތަރު ޕަސެންޓެވެ.

ޗައިނާގެ ރެގިއުލޭޓަރުން ޖެކްމާގެ ކުންފުނިތަކަށް އަޅަމުންދާ ފިޔަވަޅު ތަކަކީ ޗައިނާގައި ފުޅާވަމުން ބާރުގަދަވަމުން އަންނަ ޓެކް ކުންފުނިތަށް ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކެކެވެ. އެގޮތުން ޕީޕަލް ބޭން އޮފް ޗައިނާ އިންވަނީ އޭންޓް ގުރޫޕުން އަމަލު ކުރަންޖެހޭ މުޅިން އައު މޮޮނޮޕޮލީ ގަވާއިދުތަކެއް ކަނޑައަޅައި އެއަށް އަމަލު ކުރުމަށްވެސް އެ ކުންފުންޏަށް އަންގާފައެވެ.

ޖެކްމާގެ އޭންޓް ގްރޫޕަކީ މަހެއްގެ މައްޗަށް 730 މިލިއަން މީހުން އަލީޕޭ މެދުވެރިކޮށް ފައިސާގެ މުއާމަލާތް ހިންގާ ޗައިނާގެ އެންމެ ބޮޑު ޕޭމަންޓް ޕްރޮވައިޑާއެވެ.

ޗައިނާގެ ސެންޓްރަލް ބޭންކުން ބުނީ، ހުރިހާ ކަމަކަށް ބަލައި އެންމެ ފަސޭހައިން ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ ގޮތުން އޭންޓް ގުރޫޕުން އަލީޕޭ އާ، އޭގެ ކްރެޑިޓް ކާޑް އަދި ކަސްޓަމަރުންނަށް ލޯން ހިދުމްތް ދިނުމުގައި އޮތް ރަނގަޅު ނޫން ގުޅުންތައް ކަނޑާލަން ޖެހޭނެ ކަމަށެވެ. އަދި އެހެން ކުންފުނިތަކާ އަޅާބަލާއިރު އޭންޓް ގްރޫޕަށް އޮތް ފައިދާ އަކީވެސް ކަސްޓަމަރުންގެ މައުލޫމާތުތައް އޭންޓް ގުރޫޕުގައި ރައްކާކުތރެވިފައިވުން ކަމަށްވެސް ސެންޓްރަލް ބޭންކުން ބުނެއެވެ.

ސެންޓްރަލް ބޭންކުގެ އެންގުމަށް އެއްބަސްވެ އޭންޓް ގުރޫޕުންވަނީ ޕާސަނަލް ކްރެޑިޓް ރިޕޯޓިން ކުންފުންޏެއް ހެދުމަށް އެއްބަސްވެފައެވެ. އޭގެ ސަބަބުން އާންމުންގެ މައުލޫމާތު ރައްކާތެރިކަމާއެކު ރައްކާކުރެވި އެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުމަށް ހުރަސް އެޅިގެނދާނެ ކަމަށް އެގުރރޫޕުން ބުނެއެވެ.

ޗައިނާގެ ވިޔަފާރިތަށް ރެގިއުލޭޓު ކުރާ ފަރާތްތަކުން ޖެކްމާގެ ކުންފުނަތަކަށް ހާއްސަ ކަމެއްދީގެން ރެގިއުލޭޝަންތައް ހަދާ އެ ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމުގެ ކަންކަން ފެށިގެން އައީ 2020 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގައި ޖެކްމާ ދެއްކެވި ވާހަކަފުޅުގައި ޗައިނާގެ ރެގިއުލޭޓަރުން ޓެކްނޮލޮޖީއާއި އައު އުފެއްދުންތަކަށް ޖާގަ ނުދޭކަމަށްބުނެ ފާޑުވިދާޅުވުމާއި ގުޅިގެންނެވެ.

އިންސާފުވެރިކަމާއެކު ހަމަ ހަމަ އުސޫލުން ހުރިހާ ކުންފުނިތަކާ މެދުވެސް ފިޔަވަޅު އަޅަމުންދާކަމަށް ބުނެ ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޯ މާކެޓް ރެގިއުލޭޝަންއިން ބުނީ، މޮނޮޕޮލީ އާއި ދެކޮޅަށް އެގައުމުގައި ހެދިފައިވާ ގަވާއިދާ ހިލާފުވެގެނ ް12 ކުންފުންޏަކަށް ފިޔަަޅު އަޅާފައިވާނެކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާގައި ފުޅާވަމުން އަންނަ ޓެކް ކުންފުނިތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް