ކަނޑޫދޫ މިރުހުގެ މައްޗަށް ލާމު މިރުސް ގަދަކުރި ދުވަހެއް

ބާޒާރުގައި ކަނޑޫދޫ މިރުހުގެ މައްޗަށް ލާމު މިރުސް މިއަދު ގަދަކޮށްފިއެވެ. އެގޮތުން ދަތުރުވެރިންގެ މާރުކޭޓުގެ ބައެއް ގޮޅިތަކަށް ބަލާއިރު ދެ ގޮޅިއެއްގައި ކަނޑޫދޫ މިރުސް ކިލޯއެއް 75ރުފިޔާ އަދި 90 ރުފިޔާއަށ...

18 Apr 2021 | 11:11

ބާޒާރުގައި ކަނޑޫދޫ މިރުހުގެ މައްޗަށް ލާމު މިރުސް މިއަދު ގަދަކޮށްފިއެވެ.

އެގޮތުން ދަތުރުވެރިންގެ މާރުކޭޓުގެ ބައެއް ގޮޅިތަކަށް ބަލާއިރު ދެ ގޮޅިއެއްގައި ކަނޑޫދޫ މިރުސް ކިލޯއެއް 75ރުފިޔާ އަދި 90 ރުފިޔާއަށް ލިބެން ހުއްޓެވެ. މިއީ އިއްޔެގެ އަގާ އަޅާބަލާއިރުވެސް ދަށްވުމެކެވެ. މި ރަމަޟާން މަސް ފެށުނު އިރު ކަނޑޫދޫ މިރުސް ކިލޯއެއް ލިބެން ހުރީ 450 ރުފިޔާ، 400 ރުފިޔާއަށެވެ.

ނަމަވެސް ލާމު މިރުސް މިއަދުވެސް އަދި އިއްޔެވެސް ކިލޯއެއް ލިބެން ހުރީ 250 ރުފިޔާ 200 ރުފިޔާއަށެވެ.

ގޮޅި ތަކުގައި ތިބި ބައެއް ފަރާތްތަކުން ހާމަކުރި ގޮތުގައި ކަނޑޫދޫ މިރުސް ބާޒާރުގައި ވަރަށް ގިނައެވެ. އެހެންކަމުން އަގު ވަނީ ވެއްޓިފައެވެ. އަދި ލާމު މިރުސްވެސް ވަކި މަދީކީ ނޫން ކަމަށާއި ނަމަވެސް ލާމު މިރުސް މިހާރު ގަންނަ އަދަދުވެސް އިތުރުވަމުން އަންނަ ކަން ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. ދެ މިރުހުގެ ތަފާތަކީ ކޮބާތޯ އުފެދޭ ސުވާލަށް ބައެއް ގޮޅިތަކުން ބުނަނީ ލާމު މިރުސް ދިލަ ކުޅިއެއް ނުވާކަމަށެވެ. ނަމަވެސް ހަމަ އެއްވަރަކަށް ކުޅި ގަދަ ކަމަށެވެ.

އިތުރު ބައެއް ބާވަތްތަކުގެ އަގުތަކަށް ބަލާލާއިރު އިއްޔެއާއި މިއަދު އަގުތަކުގެ މާބޮޑު ތަފާތެއް ނެތެވެ. ކުރުނބާގެ އަގު 25 ރުފިޔާއިން ފެށިގެން 40 ރުފިޔާއާއި ދެމެދުގައި ހުރި އިރު ކުރުނބާ ފުޅިއެއް މިއަދުވެސް ހުރީ 100 ރުފިޔާއަށެވެ. ކަރާ ހުރީ ހަމަ ކިލޯއެއް 20 ރުފިޔާގައި ހިފެހެއްޓިފައެވެ. ކުއްޅަ ފިލާފަތް ބޮޑިއެއްގެ އަގު 10 ރުފިޔާއިން 15 ރުފިޔާއަށް މަތިވެފައިވާއިރު ކޮޕީފަތް ބޮނޑިއެއް އާންމުކޮށް ހުރީ 10 ރުފިޔާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް