ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ވިޔަފާރި ކުރުމާއި ކެފޭ ރެސްޓޯރެންޓުތައް24 ގަޑިއިރު ހިންގުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ބުނީ ރޯދަމަހާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހުގެ ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ، ހަވީރު 5:30 އިން މެންދަމު 3:00 އަށް ކަމަށެވެ.
މީގެ އިތުރުން ރޯދަ މަހާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ހެނދުނު 8:00 އިން މެންދަމު 12:00 އަށް ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.
މިނިސްޓްރީގެ އިއުލާނުގައި ބުނީ މި މުއްދަތުގެ ތެރޭގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދޫކޮށްފައިނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް