ރޯދަ މަހުގެ ފުރަަތަމަ ހަފްތާގައި 727 ކޮންޓެއިނަރުގެ މުދާ ކްލިއާ ކުރި

ރަމަޟާން މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ރާއްޖެ އެތެރެ ކުރި 727 ކޮންޓެއިނަރުގެ މުދާ ކްލިއާ ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ. އެމްޕީއެލްގެ ތަރުޖަމާނު ދާނިޝް ނި...

18 Apr 2021 | 09:57

ރަމަޟާން މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ރާއްޖެ އެތެރެ ކުރި 727 ކޮންޓެއިނަރުގެ މުދާ ކްލިއާ ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެމްޕީއެލްގެ ތަރުޖަމާނު ދާނިޝް ނިޒާމް ވިދާޅުވީ 727 ކޮންޓެއިނަރުގެ މުދާ ކްލިއާ ކޮށްފައިވަނީ މި މަހުގެ 13 އިން 17 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 20 ފޫޓުގެ 367 ކޮންޓެއިނަރާއި 40 ފޫޓުގެ 360 ކޮންޓެއިނަރު ކަމަށެވެ.

ރާއްޖެ އެތެރެކުރި ބައެއް ތަކެތީގެ ތެރޭގައި 26520 ކޭސް ބިހާއި، 18،786 ބަސްތާ ފިޔާ އަދި 261 ބަސްތާ އަލުވި ހިމެނެއެވެ. އަދި އޭގެ ތެރޭގައި 224 ބަސްތާ ބަރަބޯ ހިމެނެ އެވެ.

މީގެ އިތުރުން 1757 ބަސްތާ ކެބެޖު، 1926 ޓޮމާޓޯ ފޮށިގަނޑުގެ އަދި 2125 ކޭސް އަލަނާސިވެސް ރާއްޖެ އެތެރެކޮށްފައިވެ އެވެ.

ރޯދަމަހަށްވީ ތައްޔާރީ ތަކުގެ ތެރެއިން، އެމްޕީއެލް އިން ވަނީ މޭޖާ އިމްޕޯޓަރުންނާ ބައްދަލުކޮށްފިއެވެ.

އެމްޕީއެލްއިން އިސްނަގައިގެން އެ ކުންފުނީގެ މޭޖަރު އިމްޕޯޓަރުންނާއި އެކު ބައްދަލުވުމެއް ބޭއްވުމުގެ މަގްސަދަކީ އެ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ ހިދުމަތް ހޯދުމުގައި ދިމާވާ މައްސަލަތައް ދެނެގަތުން ކަމަށް ދާނިޝް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް