ފެބްރުއަރީ މަހުގެ1 ވަނަ ދުވަހުން ފެށިގެން21 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ފަރާތްތަކަށް، މިހާރު ދެވަނަ ޑޯޒް ޖެހޭނެކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
ކޮވިޝީލްޑްގެ ދެވަނަ ޑޯޒް، މިހާރު މާލެ އާއި އަތޮޅުތަކުގައި ވެސް ދެމުން އެބަ ގެންދެއެވެ.
ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުން ކޯވިޑް-19 ވެކްސިން ކާޑާއި އައިޑީކާޑު/ ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑު ގެންދަން ޖެހޭނެ އެވެ.
މާލެގެ ފަސް ސެންޓަރެއްގައި ކޮވިޝީލްޑް ދެވަނަ ޑޯޒު ދިނުން ކުރިޔަށް ދާނެ އެވެ. އެއީ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް، ސޯޝަލް ސެންޓަރު، ވިލިމާލޭ ޒުވާނުންގެ މަރުކަޒު، ހުޅުމާލޭ ފްލޫ ކްލިނިކް އަދި ނެޝަނަލް އާޓް ގެލަރީ އެވެ.
ރަމަޟާންމަހު ވެކްސިން ޖެހުން ކުރިޔަށް ގެންދާނީ ރޭގަނޑު 9.00 އިން11.00 އަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް