ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީސް ފަޅާލުމަށް ފަހު، އެ ތަނަށް ވަދެ ލައްކަ އަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އާރުުޑީސީގެ އޮފީސް ފަޅާލައިގެން، 100،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއް އިއްޔެ ހެނދުނު 10:00 ހާއިރު ހުށަހެޅިފައިވާ ކަމަށެވެ. އެކަމަކު މި މައްސަލައިގައި މީހަކަު ހައްޔަރުކޮށްފައި ނުވެއެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ނަމަވެސް، މައްސަލައއި ގުޅުންހުރި އިތުރު އެއްވެސް އެއްޗެއް ފުލުހުން ނުބުނެއެވެ.
ވެރިރަށް މާލޭގައި ދޭތެރދޭތެރއިން މި ފަދަ މައްސަލަތައް ފެންމަތިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް