ޕީސީއާރު ޓެސްޓްގެ އަގު އިތުރަށް ހެޔޮކުރަން ސަރުކާރުން މަސައްކަތް ފަށައިފިއެވެ. އެކަން ހާމަކުރައްވާ ޑރ. ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ، ޕީސީއާރް ޓެސްޓުގެ އަގުތަކަށް އަންނާނެ ހެޔޮ ބަދަލު، އަވަސް މުސްތަގުބަލެއްގައި ހާމަ ކުރާނެ ކަމަށެވެ.
ރާއްޖޭގައި ޕީސީއާރް ޓެސްޓް ހަދާ އަގު އެންމެ ފަހުން ހެޔޮކޮށްފައި ވަނީ2021 މާރޗް9 ވަނަ ދުވަހުއެވެ. އެގޮތުން، 9 މާރޗްއިން ފެށިގެން ޓްރީ ޓޮޕްއިން ވަނީ ދިވެހީންނަށާއި ވޯކް ޕާމިޓް ހޯލްޑަރުންނަށް އަދި ފަތުރުވެރިންނަށް ޕީސީއާރް ޓެސްޓު ހަދައިދޭ އަގު ހެޔޮކޮށްފަ އެވެ.
އެގޮތުން މިހާރުގެ އަގަކީ ދިވެހީންނށާއި ވޯކް ޕާމިޓް ހޯލްޑަރުންނަށް 699 ރުފިޔާ ކަމަށެވެ. އަދި ފަތުރުވެރިންނަށް ޕީސީއާރް ހެދޭނީ 45 ޑޮލަރަށެވެ.
އޭޑީކޭ ހޮސްޕިޓަލުން ކޯވިޑް-19 ޕީސީއާރު ޓެސްޓު ހަދައިދޭ އަގު އެންމެ ފަހުން ހެޔޮކޮށްފައި ވަނީ، ދިވެހިންނަށް ޕިސީއާރު ޓެސްޓެއް 700 ރުފިޔާއަށް އަދި އަދި ޓޫރިސްޓުންނަށް 45 ޑޮލަރަށް ޓެސްޓު ހެދޭ ގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް