ދިރާގު ޓީވީގެ ރޯދަ ހަދިޔާ: އިތުރު ފީއަކާ ނުލައި ހުރިހާ ޗެނަލްތައް ބެލޭނެ

ދިރާގު ޓީވީގެ ރޯދަ ހަދިޔާގެ ގޮތުން ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް އިތުރު އެއްވެސް ފީއަކާ ނުލައި ބަލާލެވޭނެ ގޮތް ހަމަ ޖައްސައިފިއެވެ. ހަމައެއާއެކު، ދިރާގުން އަލަށް ތައާރަފު ކުރި ގޯލްޑް ޕެކޭޖްގެ ކަސްޓަމަ...

18 Apr 2021 | 07:43

ދިރާގު ޓީވީގެ ރޯދަ ހަދިޔާގެ ގޮތުން ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް އިތުރު އެއްވެސް ފީއަކާ ނުލައި ބަލާލެވޭނެ ގޮތް ހަމަ ޖައްސައިފިއެވެ.

ހަމައެއާއެކު، ދިރާގުން އަލަށް ތައާރަފު ކުރި ގޯލްޑް ޕެކޭޖްގެ ކަސްޓަމަރުންނަށް 150 ރުފިޔާގެ ޑިސްކައުންޓެއް މޭ މަހު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

މި ދުވަސްވަރަކީ ދިރާގު ޓީވީ އަށް ގުޅާލުމަށް ރަނުގެ ފުރުސަތެއް ހުޅުވާލާފައިވާ ދަނޑިވަޅެކެވެ. އެގޮތުން މިހާރު ކުރިއަށް ދަމުންދާ ޚާއްސަ ޕޮރޮމޯޝަނެއްގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ31 ގެ ނިޔަލަށެވެ.

މީގެ އިތުރުން، މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ޚާއްސަ ލަކީޑްރޯއެއްގައި ބައިވެރިވެވޭނެ ފުރުސަތުވެސް  ހުޅުވާލާފައި ވެއެވެ.

ދިރާގުން ބުނީ، މި މުއްދަތުގެ ތެރޭގައި ދިރާގު ޓީވީ ކަނެކްޝަން އަކަށް އެޕްލައި ކޮށްގެން 20 ނަސީބުވެރި ކަސްޓަމަރުންނަށް 6 މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބަލާލެވޭނެ ކަމަށެވެ.

ދިރާގު ޓީވީގެ ޒަރިއްޔާއިން ބެލުންތެރިންނަށް އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެއެވެ.

އެގޮތުން ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސޮނީގެ ސްޕޯރޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައިފުޑް ނެޓްވޯރކް، ސްޓަރ ގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.

ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ %77 ގޭބިސީއަށް ދިރާގުޓީވީގެ ޚިދުމަތް ފޯރުކޮށްދީފައިއެވެ.

އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށް އަބަދުވެސް ބަލާކަމަށް ދިރާގުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް