މިދިޔަ މަހު އިމްޕޯޓާއި އާމްދަނީ 13 ޕަސެންޓު އިތުރު

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ އަގައި ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ އިތުރު ވެއްޖެ އެވެ. ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު އިމް...

18 Apr 2021 | 07:22

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ އަގައި ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ އިތުރު ވެއްޖެ އެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު އިމްޕޯޓު ކުރި މުދަލުގެ އަގު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު13 ޕަސެންޓު އިތުރުވެފައި އެވެ. މިއަހަރު މާޗު މަހު ރާއްޖެއަށް3.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓު ކޮށްފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި އިމްޕޯޓު ކޮށްފައިވަނީ3.2 ބިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ އަހަރު އެންމެ ގިނައިން މުދާ ގެނެސްފައިވަނީ އޮމާން، އިންޑިއާ އަދި ސިންގަޕޫރުންނެވެ. އެންމެ ގިނަ މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑް ޖަޕާން އަދި އިންޑިއާ އަށެވެ.

މިދިޔަ މަހުގެ އިމްޕޯޓު ކުރި މުދަލުގެ އަގު އިތުރުވިޔަސް އެކްސްޕޯޓު ވަނީ ދަށްވެފައި އެވެ. ކަސްޓަމްސްގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު301 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރި އިރު އެއީ21 ޕަސެންޓުގެ ދަށް ވުމެކެވެ.

މިދިޔަ މަހުގެ އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވަނީ13 ޕަސެންޓެވެ. މިދިޔަ އަހަރުގެ މާޗް މަހު ރާއްޖެއަށް އިމްޕޯޓު އެކްސްޕޯޓުން އާމްދަނީގެ ގޮތުގައި235 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރު ވަނީ އެ އަދަދު266 މިލިއަނަށް އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް