އަންހެނަކު ރޭޕް ކުރިކަމަށް ބުނާ ދެމީހުންގެ ބަންދަށް ފަސް ދުވަސް

ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި އަންހެނަކު ރޭޕް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރި ދެ ފިރިހެނުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ފަސް ދުވަސް ޖަހައިފިއެވެ. ރޭ މާލޭ ސިޓީގައި އަނ...

18 Apr 2021 | 06:43

ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި އަންހެނަކު ރޭޕް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރި ދެ ފިރިހެނުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ފަސް ދުވަސް ޖަހައިފިއެވެ.

ރޭ މާލޭ ސިޓީގައި އަންހެނަކު ރޭޕްކުރީ އުފުލާލައިގެން ގޮސް ގަދަކަމުން ގެއަކަށް ވެއްދުމަށް ފަހު ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ ކަމަށް ބުނެ ބައެއް މީޑިޔާތަކުން ރިޕޯޓުުކޮށްފައި ވެއެވެ.

މި މައްސަލައިގެ މައުލޫމާތ ހިއްސާކުރަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގައި ދެ މީހަކު ވެގެން އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 20:10 ހާއިރު ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނަކު ކުށުގެ ވެށިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރަން އަމުރު ކުރީ އެ މީހުންނަށް ތުހުމަތު ކުރެވޭ ކުށާއި ކޮންމެވެސް ވަރަކަށް ގުޅުވާލެވޭ ހެކި ހުށަހަޅާފައި ވާތީ މުޖްތަމައުގެ ސަލާމަތަށްޓަކައެވެ.

ހައްޔަރުކޮށްފައިވާ މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ.

މި ފަހަކަށް އައިސް ރާއްޖޭގައި މިފަދަ މައްސަލަތައް ވަރަށް ގިނަ އެވެ. ނަމަވެސް، އަނިޔާ ލިބޭ އެއްވެސް މީހަކަށް އިންސާފު ލިބިގެން ދިޔަ ތަނެއް ނުފެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް