މަނީ ލޯންޑަރުކުރުމުގެ ކުށް ސާބިތުވެ މާފުށީ ޖަލުގައި ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލެ ގެނެސްފިއެވެ.
ފަސް އަހަރަށް ޖަލަށް ލާފައިވާ އިދިކޮޅު ލީޑަރު ސިޔާސީ ޔާމިން، މާފުށީ ޖަލުން ގެނެސް މިހާރު ވަނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ވައްދާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން މިއަދު މާލެ ގެނައީ ކުރިއަށްދާ ތަހްގީގެއްގައި ސުވާލު ކުރުމަށެވެ.
ރައީސް ޔާމީންގެ އަރިހުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވެސް ވަނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ވަޑައިގެންފައި ކަމަށް މައުލޫމާތު ލިބެއެވެ.
މިއަދު ރައީސް ޔާމީން ފުލުހަށް ހާޒިރުކުރީ ކޮން މައްސަލައަކާއި ގުޅޭ ގޮތުން ކަމެއް އަދި ސާފެއް ނުވެއެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް