މަކަރާއި ހީލަތުން ފައިސާ ހޯދައި، ފިލައިގެން އުޅޭ މި މީހާ ދަންނަންތަ؟

ޑޮލަރު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެފައިސާ ނުދީ ފިލައިގެން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ. ހޯދަމުން ދަނީ މއ. ހަނީސަކްލް -1...

18 Apr 2021 | 05:58

ޑޮލަރު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެފައިސާ ނުދީ ފިލައިގެން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.

ހޯދަމުން ދަނީ މއ. ހަނީސަކްލް -1، ޙުސައިން ޝިފާޢު (35އ) އެވެ.

ތަހުގީގަށް ޙުސައިން ޝިފާޢު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ޙުސައިން ޝިފާޢު (A122522)އަށް ފުލުހުން ވަނީ އަންގާފައެވެ.

ޑޮލަރު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެފައިސާ ނުދީ ފިލައިގެން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް ޙުސައިން ޝިފާޢުއަށް އަންގާފަވެއެވެ.

އެގޮތުން 2021 ޖުލައި 10 ވަނަ ދުވަހުގެ 10:00 އަށް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ނުވަތަ ތ. ކިނބިދޫ ޕޮލިސް ސްޓޭޝަންއަށް ހާޒިރުވުމަށް ޙުސައިން ޝިފާޢުއަށް އަންގާފައިވެއެވެ.

ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ ހޯދާކަމުގެ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވެފައިވާ ކަމަށް މީގެ ކުރިންވެސް ފުލުހުން ބުނެފައިވެއެވެ.

ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށް ފަހު އެ ފައިސާއަށް ހިޔާނާތްތެރިވަމުންދާކަން ފާހަގަވެފައިވާ ކަމަށާއި މަކަރާއި ހީލަތުން އުޅޭ މިފަދަ މީހުން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުން ކުރަމުންދާ ކަމަށް މީގެ ކުރިންވެސް ފުލުހުން ބުނެފައި ވެއެވެ.

އެކި ގޮތްގޮތުން މަކަރާ ހީލަތުން ފައިސާ ހޯދުން ރާއްޖޭގައިވެސް އާއްމު ވަމުން ދާއިރު، މިކަމަކީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް